އެމިރޭޓްސްއިން ހަފްތާއަކު 7 ދުވަހު ރާއްޖެއަށް ފްލައިޓުތައް ބާއްވަން ނިންމައިފިއެވެ.

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެމިރޭޓްސްއިން ވަނީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަން ފަށާފައެވެ. އެގޮތުން އެމިރޭޓްސްއިން މިހާރު އަންނަނީ ހަފްތާއަކު 6 ދުވަހު އެ އެއާލައިންގެ ދަތުރުތައް ބާއްވަމުންނެވެ.

އެމިރޭޓްސްއިން ވަނީ މިދަތުރުތައް އިތުރުކުރަން ނިންމާފައެވެ.

އެގޮތުން މިމަހުގެ 7 އިން ފެށިގެން އެމިރޭޓްސްގެ ފްލައިޓުތައް ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ބާއްވާނެ ކަމަށް އެމިރޭޓްސްއިން ވަނީ ބުނެފައެވެ.

އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ބާއްވަނީ ދުބާއީއިންނެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފަށާފައިވަނީ ހަފްތާއަކު 5 ދަތުރުންނެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނަން ފެށުމުން އެމިރޭޓްސްއިން ވަނީ މިދަތުރުތައް 6 ދަތުރަށް އިތުރުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެމިރޭޓްސްއިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައެވެ.

އެމިރޭޓްސްއިން ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ހައިޖިން ކިޓެއް ކޮންމެ ފަސިންޖަރަކަށްވެސް ދެއެވެ. އެ ކިޓުގައި މާސްކް، އަންގި އަދި ސެނެޓައިޒާގެ އިތުރުން އެންޓި ބެކްޓީރިއަލް ޓި ހިމެނެއެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލާފައިވައިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 15 އަށް ބޯޑަރު ހުޅުވާލިތާ ވަނީ ދެމަސްވެފައެވެ.

މި ދެމަހުގެ ތެރެގައި ރާއްޖެ އައިސްފައިވަނީ 13،516 ފަތުރުވެރިންނެވެ. މީގެތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ.