ދުނިޔޭގެ ޖޫނިއާރ ޕްލޭންކް ހެދުމުގެ ރެކޯޑް މުގުރާލި ރާއްޖޭގެ އުމުރުން 8 އަހަރުގެ މުލްހަމް އާޒިމްއާއި މިނިސްޓާރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓް އަހްމަދު މަޙްލޫފް ބައްދަލުކުރައްވާ ހިތްވަރު ދެއްވައިފިއެވެ.
މިނިސްޓަރުގެ ޓްވީޓަރ ހޭންޑްލްގައި ކުރި ޓްވީޓެއްގައި މުލްހަމްއާއެކު އިން ފޮޓޯއެއް އެޓޭޗް ކުރައްވާ މަހްލޫފް ވިދާޅުވީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން 1 ގަޑިއިރާއި 30 މިނެޓުވަންދެން ޕްލޭންކް ހެދި އުމުރުން 8 އަހަރުގެ ވަރުގަދަ، ހުނަރުވެރި މުލްހަމްއާ ބަށްދަލު ކުރެއްވި ކަމަށާއި އަދި ގިނެސް ވޯލްޑް ރެކޯޑް ޓެގް ކުރައްވާ އެފަރާތުން މުލްހަމްގެ ރެކޯޑް ބަލައިގަންނަންދެން ދެވެން އޮތް އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވަނީ ވިދޅުވެވަފައެވެ.
މުލްހަމް ޕްލޭންކް ހެދިވަގުތު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ދިޔައީ ވީޑިއޯކޯލްގެ ޒަރިއްޔާއިން މުލްހަމް ޕްލޭންކް ހަދަމުންދިޔަ މަންޒަރު ބަލަމުންނެވެ.
މަރުޒޫގް ވަނީ މުލްހަމް ޕްލޭންކް ހަދަމުންދިޔަ މަންޒަރާއި ޕްލޭންކް ހަދާނިމުމުން އެމަންޒަރު ޓްވިޓާ މެދުވެރިކޮށް ދަށްކާލާފައެވެ.
ކުރިން މި ރެކޯޑް އޮތީ 16 އަހަރުގެ އަންހެން ކުއްޖެއްގެ އަތުގައި ކަމަށާއި ރާއްޖޭގެ އުމުރުން އެންމެ 8 އަހަރުގެ މުލްހަމް މި ރެކޯޑް މުގުރާލި ކަމަށްވެސް މަރުޒޫގްގެ ޓްވީޓްގައި ބުނެފައިވެއެވެ.
މުލްހަމް ރެކޯޑް ހެދިކަން މަރްޒޫގް ހިއްސާކުރުމާއެކު ގިނަ ފަރާތްތަކުން ވަނީ މުލްހަމްއަށް ތަހުނިޔާކިޔާ ހިތްވަރުދީފައެވެ.