ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޕްރިވިލެޖް މޯލްޑިވްސްއިން ޕްރިވިލެޖް ކާޑު މިއަދު ލޯންޗުކުރަން ނިންމައިފިއެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ބުނީ މިވަގުތަކީ ވިޔަފާރިތަކަށް ވަރަށް ދަތި ވަގުތަކަށްވުމުން، މި ކާޑުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތައް ޕްރޮމޯޓް ކޮށްދޭން އެހީވުން ކަމަށެވެ.

މި ކާޑު މިރޭ ރަސްމީކޮށް ލޯންޗުކުރާނެ ކަމަށާއި، އެއަށްފަހު މި ކާޑަށް ރެޖިސްޓަރވުން ހުޅުވާލެވިގެންދާނެ ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުނެއެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ބުނީ "ޕްރިވިލެޖްޑް" ކާޑުގެ ހިދުމަތްތައް ތިން ބަޔަކަށް ލިބޭނެ ކަމަށެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނެވެ.

މި ކާޑު ލިބޭ ތަންތަނުގެ ބޭރު ދޮރުގައި "ޕްރިވިލެޖްޑް" ޕާޓްނަރެއްކަން އަންގައިދޭ ސްޓިކާއެއް ޖަހާނެކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުނެއެވެ.

‎"ޕްރިވިލެޖްޑް ކާޑު" ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭގޮތަށް ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުނެއެވެ.

އަދި ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު ވަމުންދާނެ ކަމަށާއި، މި ޕޮއިންޓްތަކުން ވިޔަފާރި ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ބުނީ ‎ޕްރިވިލެޖް ސާކަލްގައި ހިމެނޭ ތަންތަނުން މި ކާޑަށް ޑިސްކައުންޓް ދޭނެ ކަމަށެވެ.

މި ސާކަލްތެރޭގައި ފިހާރަތަކާއި ސެލޫން އަދި ގެސްޓްހައުސްގެ އިތުރުން ރެސްޓޯރެންޓު ޑައިނިން ތަންތަންވެސް ހިމެނޭނެކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުނެއެވެ.

ޕްރިވިލެޖް މޯލްޑިވްސްއިން ބުނީ މި ކާޑަކީ ޑިޖިޓަލް ކާޑެއްކަމަށާއި، ކާޑަށް ލޮގިން ވުމާއެކު ޕްރިވިލެޖް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ތަންތަނުގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ.

މިކާޑުގެ ސަބަބުން ޕްރިވިލެޖް މޯލްޑިވްސްގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް އިތުރަށް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޕްރިވިލެޖް މޯލްޑިވްސްއިން ބުނެއެވެ.

‎ޕްރިވިލެޖްޑް މޯލްޑިވްސްއިން ވަނީ މި ކާޑު ޕްރޮމޯޓްކުރަން ރާއްޖެއިން ބޭރުގައިވެސް ހަރަކާތްތައް ހިންގަން ނިންމާފައެވެ. ރާއްޖޭގައި މި ކާޑު ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.