މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލަޓް ނެރެފިއެވެ.

ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލަޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 13:45 އިން 19:45 އާ ދެމެދުގެ ވަގުތަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެ ވަގުތުތަކުގައި ހއ. އިން ފެށިގެން ތ. އަތޮޅާދެމެދު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.

މިކަމާހެދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުންވެސް އިލްތިމާސް ކޮށްފައި ވެއެވެ.