ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅީގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށާއި އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.