ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެފައިވާ ކަމަށެވެ.

އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:00 އެހާއިރު ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއައެކު، ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 36 އަށް އަރާފައެވެ.