ބާ ކައުންސިލުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު 227 ވަކީލުން ވަކީލުކަމުގެ ހުވާކޮށްފި އެވެ.

ހުވާކޮށްފައި ވަނީ ބާ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ތަމްރީން ފުރިހަމަ ކުރި 277 ވަކީލުންނެވެ.

މި ވަކީލުންގެ ހުވާ ކުރުން އޮތީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ހަމައެކަނި މާލީ ފައިދާއެއް ހޯދުމުގެ ގޮތުން ވަކީލުކަން ކުރާނަމަ އެއީ ގޯސް ވިސްނުމެއްކަމަށާއި އެވިސްނުމުގައި އެ ފަންނުގެ ތެރެއަށް ވަންނަ ނަމަ އެމީހަކާ ކުރިމަތީވާނީ ނާކާމިޔާބީކަމަށެވެ.

އުއްތަމަ ފަނޑިޔާރުވަނީ އަލަށް ހުވާ ކުރި ވަކީލުންނަށް ދާއިރާއާއި ގުޅޭ ގޮތުން ގިނަ ނަސޭހަތްތަކެއް ދީފައެވެ.

އިއްޔެ ހުވާކުރި ވަކީލުންނަކީ ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހަށްފަހު ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ފުރިހަމަ ކުރި މީހުންނެވެ.