ކީރިތި ރަސޫލާއަށް ފުރައްސާރަކޮަށް ކާޓޫން ކުރަހާ އިސްލާމްދީނާއި ދެކޮޅަށް ފްރާންސުން ހިންގަމުން ގެންދާ އަމަލުތައް އިދިކޮޅު ކޯލިޝަނުންވެސް ކުށްވެރިކޮށްފިއެވެ.

އިސްލާމްދީނާ ދެކޮޅަށް ފްރާންސުން ހިންގާ އަމަލުތައް ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ ފްރާންސްގެ މަޖައްލާއަކުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި ޝާއިޢުކޮށް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ އަމަލުތައް ހިންގަމުންދާއިރު އެކަމަށް އެގައުމުގެ ސަރުކާރުން އަދި ހާއްސަކޮށް އެގައުމުގެ ރައީސް ތާއީދު ކުރެއްވުމަކީ މިކަމަށް ހިތްވަރު ދީ ހާލަތު ގޯސްކުރުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން އެގައުމުން މުސްލިމް އުންމަތާއި ދެކޮޅަށް ހިންގަމުން ގެންދާ އަމަލުތަކާ ދެކޮޅަށް ތެދުވެ ބަސް ބުނުމަށް ސަރުކާރަށް ގޮވާލަން
ކޯލިޝަން

ފްރާންސްގެ މަޖައްލާއަކުން އިސްލާމް ދީނާއި ދެކޮޅަށް ބަސްބުނެ ލިޔުންތައް ޝާއިޢުކޮށް ހަދަމުންދާއިރު މިފަދަ އަމަލުތައް ހިންގަމުން ގެންދާ ޖަމްއިއްޔާތައް ރާއްޖޭގައިވެސް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި މިފަދަ އަމަލުތައް ހިނގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.