އިންސާފަށް އެމްޑީޕީން ދަތުރުކުރާ އޮޑީގެ ފަށަނެއް ނެތް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.
މެމްބަރު މިހެން ވިދާޅުވީ މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ސައީދު ވިދާޅުވީ އެމްޑީޕީގެ މޫނުމަތިން ދެއްކި ވާހަކަތަކާއި މަންޒަރާއި، ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.
އެމްޑީޕީން ކަނބަލުން ބާރުވެރި ބަޔަކަށް ހެދުމަށް ގޮވަމުންދާއިރު މިހާތަނަށް ހޯމް މިނިސްޓްރީން އަދި ޔޫތު މިނިސްޓްރީގެ އިތުރަށް އިކޮނޮމިކް މިނިސްޓްރީން ކުރި ކަމެއް ފެންނަން ނެތް ކަމަށްވެސް ސައީސް ވިދާޅުވިއެވެ.
އިންސާފު ހޯދޭނީ އިންސާފަށްޓަކައި ނިޔަތާއި އަމަލު ދިމާވާ ބަޔަކު އެ ވާހަކަތައް ދައްކައިގެން ކަމަށްވެސް މެމްބަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އިންސާފު ފެށެނީ ކަނބަލުންނަށް އިގްތިސާދީ ގޮތުން ބާރުވެރިކުރުވައިގެން ކަމަށާއި އިޖްތިމާއީ ގޮތުން ރައްކާތެރި މާހައުލެއް އޮވެގެން ކަމަށާއި އަދި ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއެކު ބެލޭނެ ނިޒާމެއްވެސް އޮވެގެން ކަމަށެވެ.
ފަށަން ވެއްޓުނީކީ ނޫން ހަމަ އެކަނި، އޮޑީގެ ކައްޕި ވެސް ވއްޓިއްޖެ، ކައްޕި އޮޑި ދުއްވީ ސަމުގާ ނުބަލާ އޮޑި ދާނެ ދިމާއަަށް އޮޔާ ވަޔާ ތަޅަން ދޫކޮށްލައިގެން އެއްމެ ފަހުން އޮޑި އެރީ ފަރަށް، ކައްޕި ވެއްޓުނީ ކަނޑަށް ލޮނު ބޮއި ބޮއި ކައްޕިއެއްވާ ދެން ނެތް.