އިންޑިޔާގެ ދެކުނު ފިލްމް އިންޑަސްޓްރީ އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލް އޭނާގެ ދުވަސްވީ ލޯބިވެރިޔާ ގޯތަމް ކިޗްލޫއާ މިދިޔަ ހުކުރު ދުވަހު ކައިވެނިކޮށްފިއެވެ.

ކައިވެންޏަށްފަހު އިންޑިއާގެ ވޯގް މަޖައްލާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކާޖަލްބުނީ، އޭނާ އަބަދުވެސް ހަޔާތުގެ ބައިވެރިއަކަށް ބޭނުންވީ ފިލްމީ ދާއިރާއާއި

އެއްވެސް ވަރަކަށް ގުޅުމެއްނެތް މީހެއް ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫއާ ކާޖަލްއާ ބައްދަލުވީ ދެމީހުންގެވެސް އެކުވެރިއެއް މެދުވެރިކޮށެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި ކުލަގަދަ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ ކާޖަލް އަދި ގޯތަމްގެ އާއިލާގެ އިތުރުން ގާތް ރަޙުމަތްތެރިންނެވެ.

ކައިވެނިކުރާނެކަން ކާޖަލް އޭނާގެ ފޭނުންނާ ހިއްސާކޮށްފައިވަނީ މިދިޔަމަހުގެ ކުރީކޮޅުގައެވެ.

ކާޖަލްއަކީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކަށް ލޯބިކުރާ ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ.

މަޝްހޫރު ފިލްމު މަގްދީރާއައަށްފަހު ގިނަބައަކަށް އޭނާ ފާހަގަކުރެވުނީ މަޝްހޫރު ފިލްމީތަރި އަޖޭ ދޭވްގަންއާއެކީ ކުޅުނު ފިލްމް ސިންގްހަމް ހިމެނެއެވެ.

ކާޖަލްގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭގައި ސަންޖޭ ގުޕްތާގެ މުމްބާއީ ސާގާއާއި މަޝްހޫރު ފިލްމީތަރި ކަމާލް ހަސަންއާއެކު ކުޅޭ އިންޑިއަން 2 ހިމެނެއެވެ.

މި ދެފިލްމުގެ މަސައްކަތްވެސް ވަނީ ކޮވިޑް ނަވާރައާއި ގުޅިގެން މަޑުޖައްސާލާފައެވެ.