އިންޑިއާގެ ފިލްމީތަރި އަރުޖުން ރާމްޕާލްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ.

ޒީ ފައިވްއިން ޑިޖިޓަލްކޮށް ޕްރިމިއަރކުރަން ހަމަޖެހިފައިވާ މިފިލްމަކީ ކޯޓުރޫމް ތްރިލަރއެކެވެ.

ބަރގަވް ކްރިޝްނަރ ޑައިރެކްޓްކުރާ މިފިލްމުގައި އަރުޖުން ރާމްޕާލްގެ އިތުރުން ތިއޭޓަރ ޑައިރެކްޓަރު އަދި އެކްޓަރު މާނަވް ކޯލް ހިމެނެއެވެ.

މިފިލްމުގައި ހައިޕްރޮފައިލް ޑިފެންސް ލޯޔަރެއްގެ ރޯލުން އަރުޖުން ފެންނައިރު އޭނާ ބުނީ، ފިލްމުގެ ނަމާ އެއްގޮތަށް ފިލްމުގެ ސްކްރިޕްޓް ބިނާވެފައިވަނީ ވެސް ކޮންމެ ތަރިއަކަށްވެސް ލިބިފައިވާ ރޯލު އެންމެ ފުރިހަމައަށް ދައްކުވައިދެވޭފަދަ ގޮތަކަށެވެ.

ފިލްމުގެ ޓީސާ މިއަދު ނެރުނު ނަމަވެސް މިފިލްމު ބެލުންތެރިންނަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ.

އަރުޖުން ރާމްޕާލް ބެލުންތެރިންނަށް އެންމެ ފުރަތަމަ ފެނިގެންދިޔައީ 2001 ވަނަ އަހަރު ނުކުތް ފިލްމު ދީވާނާޕަން އިންނެވެ.

އޭގެފަހުން އޭނާ ކުޅުނު ކާމިޔާބު ފިލްމުތަކުގެތެރޭގައި ރޮކް އޮން، އޯމް ޝާންތީ އޮމް، ހީރޮއިން އަދި ވީ އާރ ފެމެލީ ފަދަ ފިލްމުތައް ހިމެނެއެވެ.

https://www.youtube.com/watch?v=09FRbswyo4g