ދާދިފަހުން ކައިވެނިކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވަލް އޭނާގެ ފިރިމީހާ ގޯތަމްއާއޭކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރާއްޖޭގެ އެންމެ ރީތި އަދި އަގުބޮޑު އެއް ރިސޯޓު ކަމަށްވާ ކޮންރެޑް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންދާކަން އޭނާ ފޭނުންނާ ހިއްސާކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ކައިވެންޏަށްފަހު ހަނީމޫން ޗުއްޓީ ހޭދަކުރާނެ މަންޒިލެއް ކާޖަލް ކުރިން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ދެމީހުން ކޮންމެވެސް މަންޒިލަކަށް ދާން ތައްޔާރުވަމުންދާކަން ކާޖަލްގެ އިންސްޓަގްރާމް މެދުވެރިކޮށްވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

https://www.instagram.com/p/CHU8SEEHD3S/

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ކާމިޔާބު ތަރިންގެތެރޭގައި ކާޖަލް ހިމެނެއެވެ.

ކާޖަލްވަނީ އޭނަގެ އާއިލާގެ މެމްބަރުންނާއެކު މިދިޔައަހަރުގެ ޑިސެމްބަރު މަހު ތެރޭގައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކާޖަލްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ހިންދީ ފިލްމް މުމްބާއި ސާގާ އަދި އިންޑިއަން 2 ހިމެނެއެވެ.