15 އަހަރު ވަންދެން ފިލްމް ސްކްރިޕްޓް އަދި ވާހަކަ ލިޔުމުގެ މަސައްކަތާއި ދުރުގައި ހުރުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރު އަލުން ފިލްމީ މަސައްކަތްކުރުމަށް ތައްޔާރުވެއްޖެއެވެ.

ޖާވިދު އަޚްތަރު މިފަހަރު ތައްޔާރުވަނީ ޕްރޮޑިއުސަރ، އަޝުތޯޝް ތައްޔާރުކުރާ ފިލްމަކަށް ސްކްރިޕްޓް އަދި ފިލްމުގެ ވާހަކަ ލިޔުމަށެވެ.

ކަންދިމާކުރިގޮތުން މިފިލްމުގެ ލީޑް ރޯލްއިން ފެނިގެންދަނީ ޖާވިދުގެ އުފަން ދަރިފުޅު މަޝްހޫރު އެކްޓަރ އަދި ލަވަކިޔުންތެރިޔާ ފަރްޚާން އަޚްތަރެވެ.

މޮހެންޖޯ ދާރޯ އަދި ޕާނި ޕަތް ފަދަ ފިލްމުތައް އުފައްދާފައިވާ އަޝުތޯޝްގެ ކުރިއަށް އޮތް މިފިލްމުގައި ފަރްޚާން ކުޅެނީ ބޮޑު ބިޔަ ޖަންގައްޔެއް ބަލަހައްޓާ ފާރަވެރިއެއްގެ ރޯލެވެ.

ފަރްޚާންގެ އިތުރުން ފިލްމުން ފެނިގެންދާނެ އެހެން ތަރިންގެ ނަމެއް އަދި އިއުލާނެއް ނުކުރެއެވެ.

މިފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަންނަ އަހަރުގެތެރޭ ފިލްމު ރިލީޒްކުރުމާބެހޭ މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.