ދަރްމާ ފިލްމު ކުންފުނިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފިލްމު ޖުގް ޖުގް ޖިއޯގެ ރޯލަކަށް މަނީޝް ޕޯލް ސޮއިކޮށްފިއެވެ.

މަޝްހޫރު ފިލްމީ ތަރިންކަމަށްވާ ވަރުން ދަވަންއާއި ބޮލީވުޑުގައި ކުރިއަރަމުން އަންނަ ދެކުނު އިންޑިއާގެ ފިލްމީތަރި ކިއާރާ އަދްވާނީ ލީޑް ރޯލްކުޅޭ މިފިލްމުން ދެން ފެނިގެންދާނީ ނީތޫ ކަޕޫރް އަދި އަނިލް ކަޕޫރްއެވެ.

ނީތޫ އަދި އަނިލް ކަޕޫރު ފިލްމުގައި ފެނިގެންދަނީ ވަރުންގެ ބައްޕައެއްގެ ރޯލުންނެވެ.

އާއިލީ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މިފިލްމުގައި މަނިޝްކުޅެނީ ފިލްމަށް ވަރަށް މުހިއްމު ރޯލެކެވެ.

މިހާތަނަށް އާއްމުންނަށް މަނީޝް ޕޯލް ފެނިގެން ގޮސްފައިވަނީ ވަރަށް ހެއްވާ މަޖާ މީހެއްގެ ގޮތުގައި ވީނަމަވެސް މިލިބުނު ސީރިއަސް ރޯލުކުޅުމަށް އޭނާހުރީ ކެތްމަދުވެފައެވެ.

އިންޑިއާގެ ޗަންދިގަޅުގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު ،މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަމަަޑށް ލަފާކުރެވެނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.