ރާއްޖޭގެ ރަށްތަކުގައި ހިންގާ 94 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ޓުއަރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓުއަރިޒް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދިންފަހުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ގެސްޓްހައުސް ހުޅުވުމަށް ހުއްދަދީފައިވާ ރަށްތައް:

  1. ނ. ފޮއްދޫ
  2. ކ. ހުރާ
  3. ވ.ފުލިދޫ
  4. އއ. މަތިވެރި
  5. ކ. މާފުށި
  6. އއ. އުކުޅަސް
  7. ކ. ގުރައިދޫ
  8. އއ. ތޮއްޑޫ
  9. އއ. ރަސްދޫ
  10. ސ. ފޭދޫ
  11. ސ. މަރަދޫފޭދޫ
  12. ކ. ހިންމަފުށި
  13. ކ. ގުޅި
  14. ޏ. ފުވައްމުލައް
  15. ކ. ތުލުސްދޫ
  16. ބ. ކަމަދޫ
  17. ވ. ކެޔޮދޫ
  18. ބ. ދަރަވަންދޫ
  19. އދ. ދިގުރަށް
  20. ކ. ގާފަރު
  21. ބ. ކިނޮޅަސް
  22. އދ. އޮމަދޫ
  23. ވ. ތިނަދޫ

މި 23 ރަށުގައި ހުޅުވުމުގެ ހުއްދަ ދީފައިވާ 23 ގެސްޓްހައުސްއާއެކު މި ސިނާއަތުގެ ބެޑް ކެޕޭސިޓީ އަކީ 1986 އެވެ. މިއީ މުޅި ޖުމްލަ 993 ކޮޓަރިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން މާރޗް މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލި ފަހުން 57350 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވެއެވެ.

މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 440،197 ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މި ހިނގާ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުގަ އެވެ. އެދުވަހު 2101 ފަތުރުވެރިއަކު ވަނީ ޒިޔާރަތް ކޮށްފައެވެ.