ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތައް ހަދިޔާ ކޮށްފިއެވެ.

ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕއުޓަރ ޑެސްކާއި، އިތުރު 5 ކޮމްޕީއުޓަރ ސިސްޓަމް އާއި އިތުރު ދިރާގު ފައިބަރ 100އެމް އިންޓަނެޓް ކަނެކްޝަންއަކާއި ދިރާގުޓިވީ ކަނެކްޝަން ހަދިޔާކޮށްފައެވެ.

މީގެއިތުރުން ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެމަތިން، 2 ލެބަށް ބޭނުންވެފައިވާ، މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ދިރާގު ޓީވީގެ 7 ކަނެކްޝަނެއް ކުޑަކުދިންގެ ހިޔާގެ އެކިއެކި ފްލޯތަކަށް ހަދިޔާކޮށްދީފއެވެ. އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާ އަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.

އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމުގައިވެސް އޭނަ ވިދާޅުވި އެވެ. އަދި އެކުދިންގެ ދިރިއުޅުމުގައި ހެޔޮ ބަދަލެއް ގެނެސްދިނުމަށް ދިރާގުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މޫމިނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

މީގެކުރިންވެސް އެކުންފުނިންވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން އެންމެ ފުރަތަމަ ކޮމްޕިއުޓަ ލެބް ކުޑަކުދިންގެ ހިޔާގައި ގާއިމުކުރުމަށް އެހީތެރިވެފައިވަނީ 2013 ވަނަ އަހަރުއެވެ. ހަމަ އެއަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީ އެއްވެސް ގާއުމުކޮށްދީފައިއެވެ.

މީގެ އިތުރުން ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފައިއެވެ.