ފިހާރައަކަށް ގެއްލުންދިން މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ މިމީހާ ހޯދަން ވީޑިއޯއެއް އާއްމުކޮށްފައެވެ.

އެ ވީޑިއޯ އާންކުރުމަށްފަހު ފުލުހުން ބުނީ، އެމީހާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންގެންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

https://www.youtube.com/watch?v=z-ge7La6zqE&feature=emb_title

އެމީހާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ފުލުހުންނަށް ޔަގީންކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން މި ވީޑިއޯއިން ފެންނަ މީހާއާގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަހަކުން ފުލުހުން ވަނީ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަނޫން ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެންވެސް ފޮޓޯ އާއްމުކުރުމަށްފަހު އެމީހާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ.