ކޮވިޑާއި ގުޅިގެން ބޮލީވުޑުގެ ގިނަ ތަރިން ފިލްމީ މަސައްކަތްތަކާއި ދުރުގައި ތިބުމަށްފަހު މިހާރު މަޑުމަޑުން އެމީހުންގެ ކުރީގެ ޝެޑިއުލްތަކާއި އެއްގޮތަށް ނިއު ނޯމަލްގައި މަސައްކަތްތައް ކުރަން ފަށައިފިއެވެ.
މިދުވަސްކޮޅު އެންމެ ބިޒީ އެއް ޝެޑިއުލްގައި އެއް ސިޓީން އަނެއް ސިޓީއަށް ޝޫޓިންގްތަކަށް ދިއުމުގައި އަވަދިނެތި އުޅެނީ ސްޓޫޑެންޓް އޮފް ދަ އިއަރ 2 ގެ ތަރި ތާރާ ސުޓާރިއާއެވެ.
ޒުވާން ފިލްމީ ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެ ލިސްޓުވެސް ވަރަށް ދިގެވެ. އެގޮތުން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު ތަޅަޕްގެ ޝޫޓިންގްއަށް އިންޑިއާގެ އުއްތަރަޚަންދަށް ދަތުރުކުރުމަށް އޭނާދަނީ ތައްޔާރު ވަމުންނެވެ.
ނިއު ނޯމަލްގައި ތާރާ މީގެކުރިންވެސްވަނީ ފިލްމީ މަސައްކަތްތައް ކުރުމަށް އިންޑިއާގެ އެކި ސިޓީތަކަށް ދަތުރުކޮށްފައެވެ.
އޭގެތެރޭގައި ބައެއް ފިލްމުތަކުގެ ޑަބިންގ މަސައްކަތްތަކުގެ އިތުރުން މޯހިތް ސޫރީގެ ކުރިއަށްއޮތް ފިލްމު އޭކްވިލެންގެ ސީކުއެލްގެ ވަރަށް ހާއްސަ ލަވައަކަށްވެސް ތާރާވަނީ ޝޫޓްކޮށްފައެވެ.
ދާދިފަހުން ލޯބިވެރިޔާ އާދަރ ޖެއިންއާއެކު ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ޒުވާން ބަތަލާވަނީ ޓައިގަރ ޝްރޮފްއާއެކު ކުޅޭ ހީރޯޕަންތީ 2ގެ އިތުރުން އަދިތްޔާ ރޯއި ކަޕޫރާއެކު ފިލްމު އޯމް ކުޅުމަށްވެސް ސޮއިކޮށްފައެވެ.