ރ. ފައިނު އަދި ކިނޮޅަހުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިޔަށްގެންގޮސްފިއެެވެ.
ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އެ ދެރަށުގެ ގޭބިސީތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކާއި، ކުށެއް ހިނގައިފިނަމަ ކުށުގެވެށި ރައްކާތެރިކޮށް ބޭއްވުމަށް ކުރެވިދާނެ ކަންކަމާއި މައްސަލަތައް ސިއްރުނުކޮށް ވީހާވެސް އަވަހަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ރަށްރަށުގެ ކައުންސިލްތަކުން އަންގާ އެންމެހައި ކަންކަމަށް ބޯލެނބުމަށާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ދުއްވުމަށް ނަސޭހަތްތެރި ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ރ. އަތޮޅުގައި ފުލުހުން ބޭނުންކުރަމުންދާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އެ ދެރަށުގައި އުޅޭ ބިދޭސީންނާއި ވިޔާފަރިކުރާ ތަންތަނާއި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތްވެސް ކޮށްފައިވާނެ ކަމަށެެވެ.