ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެ ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު 7:49 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ،

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ސާޅީސް ހަތަކަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 39 ދިވެހިންނާ، 8 ބިދޭސީއެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 13،011 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި 1،019 މީހުންތިބިއިރު، މީގެތެރެއިން 95 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.