ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢު 29 ނޮވެމްބަރ 2020 ގައި ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، 18،873 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 1،975 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މޮބިލައިޒްކުރެވުނު މި މަޝްރޫއަކީ 2.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި މި ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ 30 ޖޫން 2019 ގައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.