ނިމިދިޔަ ސަރުކާރުތަކުން ގަމުގެ ޒުވާނުންގެ އުންމީދުތަކުގައި ވަނީ ކޮޅުފައިންޖަހާފަ ކަމަށް ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ލ. އަތޮޅުގައި ހިންގި 3 މަޝްރޫއެއްގެ ނިންމުން ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިސާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ގަމުގެ ޒުވާނުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ގަމުގެ ޒުވާނުންނަށް އުންމީދު އައު ކޮށްދީފި ކަމަށެވެ.
އެގޮތުން މި ސަރުކާރުން ގަމުގައި ގާއިމްކޮށްދިން ފުޓްބޯޅަ ދަނޑާއެކު ގިނަ ޒުވާނުންތަކެއް ފުޓްބޯޅައިން ރަން ވަނަތަކެއް ހާސިލްކޮށް ގައުމީ ލެވެލްގަ ކުޅުމުގެ ފުރުސަތުތަކެއް ހޯދާނެ ކަަމަށްވެސް ވިސާމް ވިދާޅުވިއެވެ.
މި ސަރުކާރަކީ ނަތީޖާ ނެރެ އެކަން އަމަލުން ދައްކާނެ ސަރުކާރެއް ކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމުން އެ ވައުދު ފުއްދައިދިނުމަށްޓަކައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް މަސައްކަތް ކުރާއްވާނެކަމާމެދު ޝައްކެއްނުކުރައްވާ ކަމަށެވެ.
ރާއްޖޭގެ އެއް ރަށެއްގައި 3 އިންޖީނުގެ ހިންގާ ހަމައެކަނި ރަށަކީ ގަމުކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ދެއްވި ވާހަކަތައް ރައްޔިތުން ގަބޫލުކުރަން ދަތިވި ކަަމަށާއި ކުރީ ސަރުކާރުތަކުން ގަމުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަަކައި މުޅިން ދެއްކީ ބަހަނާ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.
އަދި އެ ބަހަނާތަކުގެ ސަބަބުން ރައްޔިތުން ތިބީ މާޔޫސް ކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ގަމުގެ ކަރަންޓު އެއް ނެޓުވޯކަކުން ގުޅައިދިނުމުގެ ވައިދުވީ ހަމައެކަނި ރައީސަކީ ރައީސް ސޯލިހު ކަމަށް މެމްބަރު ވިސާމް ވިދާޅުވިއެވެ.
މަޙްޝަރުގެ މައިދާނުގައި ކުޅިވަރުންނެއް ނޫން ރީތި ވަނަ ހޯދަންޖެހޭނީ ހެޔޮލަފާ ދީންވެރި އަމާނާތްތެރި އަދިކިޔެއްތަ އިޚްލާޞް ތެރިޔަކަށްވެގެން އެދުވަހުން ތިމާ މިންޖުވާނީ