ފިލްމީ ތަރި ސަނީ ލިއޯން، ޑައިރެކްޓަރު ވިކްރަމް ބަޓްގެ ކުރިއަށް އޮތް ވެބް ސީރީޒް ކުޅުމަށް ސޮއިކޮށްފިއެވެ.
ދިހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ވެބް ސީރީޒްގެ ނަމަކީ "އަނަމިކާ" އެވެ.
ޚަބަރު ލިބޭގޮތުގައި ކުން ފޫ އެކްޝަން ސްޓޯރީއަކަށް މިސީރީޒްގެ ވާހަކަ ބިނާވެފައިވާއިރު ސަނީ ލިއޯން މީގައި ފެނިގެންދާނީވެސް ވަރަށް ތަފާތު ރޯލަކުންނެވެ.
ޑައިރެކްޓަރު ވިކްރަމް ބަޓްއާ ހަވާލާދީ އިންޑިއާގެ މުނިފޫހިފިލުވާ ހަބަރުތަކުގައި ވާގޮތުން "އަނަމިކާ" ގެ މަސައްކަތް ލޮކްޑައުން އާއެކު ހުއްޓުމުކަށް އައި ނަމަވެސް މިހާރު އަލުން މިސީރީޒްގެ މަސައްކަތްވަނީ ފަށާފައެވެ.
އެހެންކަމުން މިއަހަރު ނިމޭއިރު މީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިކްރަމް ބަޓް ބުނެފައިވެއެވެ.
ލޮކްޑައުންއަށްފަހު މިއީ ސަނީ ލިއޯންގެ ފުރަތަމަ ފިލްމީ މަސައްކަތެވެ.
ފިލްމުގެ މަސައްކަތް އޭނާ ފަށާފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާވަނީ ހިއްސާ ކޮށްފައެވެ.
ސަނީ ލިއޯން ފިލްމީ މަސައްކަތަށް ނުކުމެފައި މިވަނީ ކޮވިޑްއާއި ގުޅިގެން އާއިލާގެ ރައްކާތެރިކަމަށްޓަކައި މިއަހަރުގެ މެއިމަހުން ފެށިގެން އެމެރިކާގެ ލޮސް އެންޖެލެސްގައި އާއިލާއާއެކު ދުވަސްތައް ހޭދަކުރުމަށްފަހުއެވެ.
ސަނީ ލިއޯން އެންމެފަހުން ފެނިފައިވަނީ 2019 އަހަރު އެކްޓަރ ނަވާޒުއްދީން އަދި ބަތަލާ އަތިޔާ ޝެޓީއާއެކީ ކުޅުނު ފިލްމު "މޮތީޗޫރު،ޗަކްނާޗޫރް" އިންނެވެ.
ސަނީ ލިއޯން މީ އާދަޔާ ޚިލާފު ކަނބަލެއްވީމަ މި ސީރީޒްގައިވެސް ސަނީގެ ތަފާތު އެކްޓެއް ފެންނާނެ ކަމާއިމެދު ޝައްކެއް ނެތް.