ސައުތު އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ކާމިޔާބު ބަތަލާ ރަޝްމިކާ މަންދަންނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "މިޝަން މަޖްނޫ" ގެ ފުރަތަމަ ޕޯސްޓަރ އިއްޔެ ނެރެފިއެވެ.
ސިދާތް މަލޯތްރާއާއެކު ރަޝްމިކާ ލީޑްއިން ފެނިގެންދާ މިފިލްމަކީ 1970 ގެ އަހަރުތަކުގެތެރޭ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ތާރީޚީ ކުރިމަތިލުންތަކުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.
ކާމިޔާބު ފިލްމު "އުރި-ދަ ސަރޖިކަލް ސްޓްރައިކް" ފަދަ ކާމިޔާބު ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ރޯނީ "މިޝަން މަޖްނޫ" ގެނެސްދޭނީ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" ފަދަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ އަމަރް ބުތާލާ އަދި ގަރީމާ މެހެތާއާ ގުޅިގެންނެވެ.
ފިލްމުގައި އެކްޓަރު ސިދާތު ފެނިގެންދާނީ މިޝަން އެޖެންޓެއްގެ ރޯލުންނެވެ.
ފިލްމުގެ ކެރެކްޓަރއާ ބެހޭގޮތުން ސިދާޓު ބުނެފައިވަނީ، އަމިއްލަ ޤައުމަށްޓަކައި ގިނަގުނަ ގުރުބާނީތަކެއްވާ އެތަކެއް ރޯ އެޖެންޓުންތަކެއް ވާއިރު އެފަދަ ފަރާތެއްގެ ރޯލު ކުޅެންލިބި އެފަރާތްތަކުގެ ގުރުބާނީތައް ބެލުންތެރިންނަށް ގެނެސްދިނުމަކީ އޭނާއަށް ލިބިގެންދާނެ ޝަރަފެކެވެ.
މިފިލްމުގެ ވާހަކަ ހަގީގަތާ އެއްގޮތަށް ގެނެސްދިނުމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރުންވަނީ މީގެ ތިން އަހަރުކުރިން މިހާދިސާ ރިސާޗްކުރަން ފަށާފައެވެ.
ފިލްމުގައި އަލަށް ބޮލީވުޑުން ފެނިގެންދާ ސައުތު އިންޑިއަން ބަތަލާ ރަޝްމިކާ ބުނެފައިވާގޮތުގައި މުޅީން އާ އޯޑިއަންސަކަށް ތައާރަފްވުމުގެ ފުރުސަތު ލިބި ގިނަ ބައެއްގެ ލޯބި ލިބިގެންދިއުމުން ފިލްމާމެދު އޭނާގެ އުއްމީދުތައްވަނީ އާވެގެން ގޮސްފައެވެ.
އޭނާ ގަބޫލުކުރާގޮތުގައި ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށްލުމަށް ލިބިގެންދިޔަ މިފިލްމުގެ ވާހަކައަކީ ވަރަށް ވަރުގަދަ އެހާމެ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ފިލްމެކެވެ.
މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭގައެވެ.