ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) ނިޔާވެއްޖެއެވެ.

އިބްރާހިމް ހަސަނަކީ ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެކެވެ.

އދ. މާމިގިއްޔަށް އުފަން، މ.ސިމްވިލާ އިބްރާހިމް ހަސަން ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ، ގޭގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 65 އަހަރެވެ. އޭނާ ނިޔާވިއިރު ފިރިހެން ބޭފުޅަކާ، ތިން ކާފަ ދަރިންގެ އިތުރުން އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.

އިބްރާހިމް ހަސަންގެ މޫނުދެއްކުން މިވަގުތު އާސަހަރާގައި ކުރިއަށްދާއިރު ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރުނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ލަކުޑި އެތެރެކޮށް އެ ވިޔަފާރީގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ލަކުޑި ސޭޓް އަވަހާރަވުމާއި ހަމައަށްވެސް ގެންދެވީ ވިޔަފާރީގައި ހަރަކާތްތެރިވަމުންނެވެ.