އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މަގާމުން ރިޓަޔަރ ކުރައްވައިފިއެވެ.

1998 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 20 އަހަރާއި 1 މަސްދުވަސް ހޭދަކުރެއްވުމަށްފަހު ޑރ. ފައިރޫޝް އަމިއްލަފުޅަށް ރިޓަޔަރ ކުރައްވާފައިވަނީ މިއަދުއެވެ.

ޑރ. ފައިރޫޝް ރިޓަޔަރ ކުރެއްވުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓުކުރައްވާ، 20 އަހަރު ވަންދެން ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

އޭސީޕީ ޑރ. ފައިރޫޝް ރިޓަޔަރޑް ކުރެއްވިއިރު ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓުގެ މަގާމުގައެވެ.

ޑރ. ފައިރޫޝް ވަނީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމެންޓް އިންޓެލިޖެންސުން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

ޑރ. ފައިރޫޝް ވަނީ ފުލުހުންނަށް ދޭ 9 ކުލައާއި 6 މެޑަލް ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުން 17 ތަމްރީނެއްވެސް ޑރ. ފައިރޫޝް ހޯއްދަވާފައި ވެއެވެ.