ބޮލީވުޑްގެ ފިލްމީތަރި ކާޖޮލް ދޭވްގަންގެ ފުރަތަމަ ވެބް ފިލްމް "ތްރިބާންގާ" ގެ ޓްރެއިލަރ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ މިފިލްމަކީ ކާޖޮލްގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު އުފައްދާ ކުންފުންޏަކާއި އިތުރު އެހެން ފިލްމު ޕްރޮޑަކްޝަން ހައުސްއަކާއި ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.
މިފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ފިލްމު "ހަމް އާޕްކޭހޭ ކޯން" އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާ ރޭނޫކާ ސަހާނޭއެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.
މިފިލްމަކީ އާއިލާއެއްގެ ތެރޭގައި ހިމެނޭ އެކި އުމުރުފުރާގެ މީހުންގެ މެދުގައި ޖެހޭ އިޖްތިމާއީ އެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.
ކާޖޮލްގެ އިތުރުން މިފިލްމުން ފެނިގެންދާ މުހިއްމު ތަރިންގެ ތެރޭގައި ތަންވީ އަޒްމީ، މިތިލާ ޕާލްކަރ އަދި ކުނާލް ރޯއި ކަޕޫރު ހިމެނެއެވެ.
މިފިލްމުގެ ޓީޒާ ބެލުންތެރިންނާއެކު ހިއްސާކުރަމުން ފިލްމު މިމަހު 15 ވަނަ ދުވަހު ނެޓްފްލިކްސްއިން ރިލީޒްކުރަން ހަމަޖެހިފައިވާކަމަށް ބަތަލާ ކާޖޮލްވަނީ އިންސްޓަރގްރާމް މެދުވެރިކޮށް ބުނެފައެވެ.
ބޮލީވުޑްގައި މިވަގުތު ހުރި ދުވަސްވީ ކާމިޔާބު ބަތަލާ ކާޖޮލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ފިރިމީހާ އަޖޭ ދޭވްގަންއާއެކު ކުޅުނު "ތާނާޖީ: ދި އަންސަންގް ވެރިއަރ" އިންނެވެ. މިފިލްމްވަނީ އާމްދަނީގެ ގޮތުންވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ބޮލީވުޑްގެ ފިލްމުތަކުގެ ޚަބަރު ތަކުގެ އިތުރުން އަދިވެސް މިއުޒިކާއި އެންޓަޓައިންމެންޓް ދާއިރާގެ އިތުރު ޚަބަރުތައްވެސް ހިމަނާލަން ފެނޭ. މިސާލަކަށް މިހާރު ކުރިއަށްދާ އިންޑިއަން އައިޑަލްފަދަ މުބާރާތްތަކުގެ އަޕްޑޭޓްވެސް ހިމެނުން ސަޅިވާނެ. ހަމަ ޚިޔާލެއް މީ