ޓެކްސީކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ފުރަތަމަ އެވޯޑް ރާއްޖޭގައި އެންމެ ފުރަތަމަ ޑިޖިޓަލްކޮށް އެ ޚިދުމަތް ދޭން ފެށި، ކެބް އެމްވީއަށް ލިބިއްޖެއެވެ.
އިންޑިއާގެ ރުލާ އެވޯޑްސްގެ ފަރާތުން އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ދެމުން އަންނަ މި އެވޯޑަކީ 2018 ވަނަ އަހަރުން ފެސިގެން ދެމުން އަންނަ އެވޯޑެކެވެ.
ކެބް އެމްވީއަށް ލިބިފައިވަނީ އޭޝިއާގެ އެންމެ ރަނގަޅު، އަދި އެންމެ ލީޑަރޝިޕް ވަރުގަދަ ޓެކްސީކުރުމުގެ ކުންފުނީގެ އެވޯޑެެވެ.
މި އެވޯޑް ކެބް އެމްވީއަށް ލިބުނުކަން އިއުލާން ކޮށްފައިވަނީ ރުލާ އެވޯޑްސްގެ ފޭސްބުކް ޕޭޖްގައެވެ.
އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކެބް އެމްވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ހަބީބް ވިދާޅުވީ، ކެބް އެމްވީއަށް މި އެވޯޑް ލިބުމުގެ ސަބަބުން އޭޝިއާގެ ވަރަށް ގިނަ ބަޔަކަށް އެ ކުންފުނި އިޝްތިހާރު ވެގެންދާނެ ކަމަށެވެ.
ހަބީބް ވަނީ އެކުންފުނީގެ ޑްރައިވަރުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް-19 ގެ ސަބަބުން އެވޯޑް ދިނުމުގެ ހަފްލާގަައި ބައިވެރިވެވޭނެކަމުގެ ޔަގީންކަން ނެތަސް، ކެބް އެމްވީގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް އެހަފްލާގައި ދައްކާލަނެކަމަށް ހަބީބް ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އާންމުންނަށް ތާރަފްކުރި ކެބްއެމްވީގައި 200 އެއްހާ ކާރު އޮޕަރޭޓްކުރެއެވެ.
100 އިންސައްތަ ދިވެހިންނަާއެކު ހިންގަމުން އަންނަ އެކުންފުނީގައި ހަރަކާތްތެރިވާ މުވައްޒަފުންގެ 99 އިންސައްތައަކީ ޒުވާނުންނެވެ.
މަރުޙަބާ ކެބް އެމްވީގެ ޑްރައިވަރުންނާ މެނޭޖެމެންޓް ބޭފުޅުން ތިޔަ ހޯއްދެވީ ރާއްޖެއަށްވެސް ފަޚުރެއް.
އަސްލުގަވެސް ކެބް އެމްވީ އަކީ ރާއްޛޭގައި ހިންގާ ޓެކްސީ ސެންޓަރު ތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ސެންޓަރެއް. މި އެވޯޑް މިމީޙުންނަށް ހަމަ ބަރާބަރު. ޒަމާނީ ޓެކްނޮލޮޖީ އަށް ބަރާބަރަށް އަހުލުވެރި ވެފައިވާ ބައެއްކަން ފާހަގަ ކޮށްލެވޭ. މަރުޙަބާ ކެބް އެމްވީ ހުރިހާ ބޭފުޅުން.
މަރްޙަބާ ކެބް އެމްވީ ތިޔަ ހޯދެއްވި އެވޯޑް އަށް