ދިވެހިރާއްޖެއިން ގަތަރާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމަށް ނިންމައި، އެކަން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާޙިދު އިއުލާންކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާޙިދު ކުރެއްވި ޓްވީޓެއްގައި ވަނީ ޤަތަރާއެކު ގުޅުން ޤާއިމްކުރުމާ ބެހޭ ގޮތުން ޤަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ސުލްޠާން ބިން ސާދު އަލް މުރައިޚީ އާއިއެކު ރޭ އެމަނިކުފާނުމަޝްވަރާކުރެއްވި ކަަމަށެވެ.

އަދި ސަޢޫދީ ޢަރަބިއްޔާގައި އޮތް ގަލްފް ޤައުމުތަކުގެ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާފައިވާކަން ވެސް މިނިސްތަރ ޝާހިދު ވަނީ ހާމަކުރައްވަފައެވެ.

ރާއްޖެއިން 2017 ވަނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގައި ޤަތަރާއެކު އޮތް ގުޅުން ކަނޑާލަން ނިންމީ ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތްކުރާތީ ކަމަށް ބުނެއެވެ.

ގަތަރާއި އަދި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.