ތިލަފުށްޓާއި ގުޅީފަޅުން ބިިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުންޏާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމާއި ގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުގެ މަޝްވަރައާއި ލަފާގެ މަތިން އެޗްޑީސީން ކުރަމުންދާ ކަމަށެވެ.

އެގޮތުން އެގޮތުން ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށީ އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަޑާލުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށެވެ.

އަދި އިތުރަށް ދޫކުރެވެންހުރި ބިންތައް (ވަގުތީ އަދި ދާއިމީ) ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްނިމުމުން، އެބިންތަކަށް އެދިލެއްވުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.