އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ހިއްސާ ކުރައްވަމުން، ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅުއްވާފައިކަން، މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އަދި އެމައްސަލަ 241 ކޮމެޓީން ބައްލަވާނެ ކަމަށްވެސް ޒިއާއު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމައްސަލަ ބަަލައިދިނުމަށް އެދި 241 ކޮމެޓީއަށް ހުށަހަޅާފައި މިވަނީ ޑރ.ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފްވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައި ވަނިކޮށެވެ.
ޑރ.ފައިރޫޝް ރިޓަޔާވެވަޑައިގަތުމާއެކު އޭނާއަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންނެވެ. އެގޮތުން ފައިރޫޝްއަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތުގެ އިސް ބައިވެރިއެއްކަމަށް ބައެއްމީހުން އަންނަނީ ބުނަމުންނެވެ.
ޑރ. ފައިރޫޝް ވަނީ 1998 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.
ޑރ. ފައިރޫޝް ރިޓަޔަރ ކުރެއްވުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓުކުރައްވައި، 20 އަހަރު ވަންދެން ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން ފައިރޫޝް ވަކިވުމާގުޅިގެން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އޭނާއަށް ޝުކުރު އަދާކުރައްވައި އަދިވެސް ޚިދުމަތުގައި ދެމިހުންނެވުމަށް އެދިވަޑައިގެންފައެވެ.
އޭސީޕީ ޑރ. ފައިރޫޝް ރިޓަޔަރޑް ކުރެއްވިއިރު ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓުގެ މަގާމުގައެވެ.
ޑރ. ފައިރޫޝް ވަނީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމެންޓް އިންޓެލިޖެންސުން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
ޑރ. ފައިރޫޝް ވަނީ ފުލުހުންނަށް ދޭ 9 ކުލައާއި 6 މެޑަލް ހާސިލްކުރައްވާފައެވެ.
މީގެއިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުން 17 ތަމްރީނެއްވެސް ޑރ. ފައިރޫޝް ހޯއްދަވާފައި ވެއެވެ.
އަޅެފަހެ މީކޮންފަދަ ވިސްނުމެއް ދެއްވާފަ ތިބި ބައެއްތަ؟ ޒާތީވިޔަސް މިވަރު ފުކެއް ބޮޑުހެންހީވަނީ
މިރާއްޖެއަށް ހެވެއް އެދި ކަމުދާ ކަމެެއް ކޮށްފަ ތިބި ބަޔަކާ އަދި ކޮށްދީފާނެ ކަހަލަ މީހަކު ހުއްޓަސް ދަމާ ގެންގޮސް ތިޔަބުނާ ގެއެއްގެ ކޮމެޓީއެއްގެ ބޭރު އަރިމައްޗަކުން ޖާގަ ހޯދައިގެންނަމަސް ހުރަގެއަށްލާ އަނދަގޮނޑި ނުޖެހުނިއްޔާ ލޮލަށް ނިދިވެސް ނާންނާނެ ކަން ކަށަވަރު. މިނޫނީ އަދި ނެތް މިވީހާތަނަށް ދިވެހިންނަށް ވެރިކަމަށް ކަމުދާ ބަޔަކު ހޯދިފައެއް. ކީކޭ ދެންބުނާނީ
ކިހާދެރަވަރުކަމެއް ތޯ މިއީ. މިފަދަ ބޭފުލުންނަށް ކޮނަފަދަ އަނިޔާއެއް ދޭކަށްދެން.
ކަނޑުމަތި އެޅުމަކީ ހުރިހާ ދިވެހީންވެސް ދަންނަ ކަމެއް އެހެންނޫންތޯ.. ލަފާކުރެވެނީ ގައުމު މިވަނީ މިވަގުތު ކަނޑުމަތި އެޅުންޒާތުގެ ނުރައްކަލަކާ ކުރިމަތިވެފަ. މިކަމުން ސަލާމަތްވި ދުވަހަކުން މެނުވީ އުފަލެއް ނެތް.
މީދެން އަޅެ ކޮންފަދަ ކަމެއް. މިކަމުން މިގައުމު އަވަސް ރަހުމަތެއްގައި ސަލާމަތް ކުރައްވާށި
މިރާއްޖެއަށް ކިތައްމެ ޚިދުމަތެެއް ކުރިނަމަވެސް ޝަރަފް ވެރިކަމުގައި އުޅުމުގެ މިނިވަން ޙައްގު މިހާރަކު ނުލިބޭނެކަން މިކަމުންވެސް މިވަނީ ހާމަވެފަ. ބޮޑަތި ޚިދުމަތް ކޮށްފަ އެބަޔަކު ޒާރީޙަސަދައިގެ ވިހަ ދަލުގައި ޖައްސާ ޖަލަން ދާން ޖެހޭ ކަމީ ކޮންފަދަ ބޮޑު ހިތާމައެއްބާވައޭ ހިތަށް އަރާ.