ވަބާއެއްގެ ތެރޭގެ އެންމެ އުނދަގޫ އިޙުސާސް، ނިތް އެއްލައި ޙާލު އަހައިލުމުގެ ބައްދަލުވުމަކާއި ޢާންމު ބައްދަލުވުމެއްގެ ތަފާތު މިއީ މިއަދު ގިނަބަޔަކާ ކުރިމަތިކޮށްފައިވާ ސުވާލެކެވެ.

ގޭގައި ތިބެގެން ވަޒީފާއެއް އަދާކުރާ މީހުނާއި މަސައްކަތްތައް ހަމައެކަނި ގެއަށް ބަދަލުވެގެންގޮސް ކޮވިޑް-19 މިވަނީ ހޯދަން ނޫޅުނަސް މީހުންގެ މެދުގައި އޮންނަ އިޖުތިމާޢިއްޔަތު ފަނޑުކޮށްލައިފައެވެ. ނަމަވެސް މިއީ ރަށެއްގައި ނުވަތަ މުޖުތަމަޢެއްގައި މީހުން ދިރިއުޅެން އެންމެ ލޯބިކުރާ ސިފަކަމަށް ގިނަ މީހުން ޤަބޫލުކުރާނެއެވެ.

ކޮންމެ ދުވަހެއްގެ ފަތިސްނަމާދަށްފަހު ހިނގަންދާ މީހުނާއި ދުވަންދާ މީހުން އެމީހުންގެ ދުޅަހެޔޮ ޞިއްޙަތު ރައްކާތެރިކުރަން ނިކުމެއެވެ. މިހެން ނިކުމެ އުޅޭއިރު ކޮންމެވެސް މީހަކު އޭތް! ތިޔައީ އެވެނި މީހެއްދޯއޭ ގޮވައިލާއަޑު ނީވޭ ދުވަހެއް މަދުވާނެއެވެ.

ގިނަ މީހުނަށް އެއީ ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ. އެއީ އެމީހުންނަށް މީހަކާ ބައްދަލުވެ އަނގައިން ބުނެލާނެ ފުރުޞަތު ނުލިބި އެތައް ދުވަހެއް ވުމަށްފަހު އެފަދަ ދަނޑިވަޅެއް ލިބުމުންނެވެ. އަދި ދެތިން މިނިޓެއްހާއިރުގެ އެ ކުޑަ ހިނދުކޮޅަކީ އެމީހުންގެ ކުރީގެ ހަނދާންތަކެއް އާކޮށްލެވޭ ވަގުތު ކޮޅެކެވެ. އެހެން ނަމަވެސް މާގިނައިރެއް ނުވެ ވަދާޢުގެ ސަލާމަކަށްފަހު އެމީހެއްގެ މިޞްރާބަށް އެނބުރިދެއެވެ.

އެ ކުޑަ ވާހަކަ ކޮޅަކީ ދުނިޔަވީވެސް ވާހަކަ ކޮޅެކެވެ. އެހެން ނަމަވެސް އެއީ 2019 ވަނަ އަހަރުނަމަ މާ ފާހަގަ ކޮށްލެވޭ ވަގުތުކޮޅަކަށް ނުވާނެއެވެ. ނަމަވެސް އެއީ ދެމިގެންވާ ވަބާއެއްގެ ތެރޭގައިވުމުން ހަނދާނުން ކައްސައިލައިގެން ނުދާވަރުގެ ވާހަކަކޮޅަކަށްވެއެވެ. މިފަދަ ހިނދުކޮޅެއް ނުލިބޭތާ އެތައް މަހެއް މިވަނީ ވެފައެވެ.

ނަމަވެސް ކޮވިޑް-19 ގެ ތެރޭގައި އެފަދަ ހުރިހާކަމެއް ވަނީ ހަނދާނުން ކައްސައިލައިފައެވެ. ނުވަތަ އެފަދަ ފުރުޞަތެއް ލިބިދާނެ އުއްމީދުވެސް ގެއްލިފައެވެ. އާންމު އާދައިގެ ޙާލަތުގައި ކޮންމެ ދުވަހަކު އެފަދަ ޖާދުވީ އެތައް ވަގުތުތަކެއް ކުރިމަތިވެއެވެ. އާންމު ބައްދަލުވުމަކާއި މަގުމަތީން ކޮންމެވެސް މީހަކު ނަމުން ގޮވައިލުންފަދަ ކަންކަމެވެ. މަގުގެ އެއްފަރާތަކަށް ޖެހިލައިފައި ދުއްވާ އެއްޗަކުން ރަޙުމަތްތެރިޔާގެ ގައިގާ ޖެހިދާނެތީ އަތުގައި ހިފައި ދުވާރުގެ މަގަތަށް ގާތްކޮށްލުމެކެވެ. ޒަމާންވީ ރަޙުމަތްތެރީންނާއި ބައްދަލުވެލުމާއި އަލަށް ދިމާވާ ދެކެފަރިތަ މީހުންނެވެ. މިގޮތަށް ދިމާވާ ކޮންމެ ފަހަރަކީ މުހިންމު ވާހަކައެއް ނުވަތަ ކަމެއްގެ ވާހަކަ ދައްކައިލާ ކޮންމެވެސް މަންފާއެއްވެސް ހޯދާ ވަގުތަކަށް ވެދެއެވެ.

މިގޮތަށް މިކަމާގުޅޭ ގޮތުން ދާދިފަހުން އިނގިރޭސިވިލާތުންވަނީ މުޖުތަމަޢުގެ ތެރޭގައި މިގޮތަށް ދިމާވާ ބައްދަލުވުންތަކުގެ ދިރާސާއެއް ކޮށްފައެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަމާއި އެކަމުގައި ނަފްސާނީ ދުޅަހެޔޮކަން ކުޅޭ ދައުރު ވަނީ މުޠާލިޢާ ކުރެވިފައެވެ. އަދި ބަލިކަށި ގުޅުންތަކާއި ހަރުދަނާ ގާތްގުޅުންތަކުގެ މައްޗަށްވަނީ ބަލައިލެވިފައެވެ. އޭގައި ޢާންމު ދިރިއުޅުމުގެ މުހިންމުކަން ހަރުދަނާވެގެންދާ ގޮތުގެ މައްޗަށް ނަޒަރު ހިންގިފައިވެއެވެ. މިއީ ޖޭން ޖޭކަބްސްއާއި ޗާރލްސް މޮންޓްގޮމެރީމެންފަދަ މުޞައްނިފުން ލިޔެފައިވާ ހެޕީ ސިޓީ، އުފާވެރި ޝަހަރުފަދަ ފޮތްތަކުގައިވާ ވާހަކަތައް އިޢާދަވުންފަދަ ކަމެކެވެ.

ޢާންމުން އުފާކޮށްލުމަށް އެއްވާ ތަންތަން

މި ދިރާސާގައި ކޮލެޖުގެ ދަރިވަރުންގެ ގުޅުންތައް ބެހިފައިވާ ގޮތް ދެގުރޫޕަކަށް ބަހާލައިގެން ބަލައިފައިވެއެވެ. ގާތް އެކުވެރީންނާއި ރަޙުމަތްތެރީގެ މެދުގައި އޮންނަ ހަރުދަނާ ގުޅުންތަކާއި އެކުގައި ކިޔަވަން އެއް ގެއެއްގައި އުޅުނު ކުދީންނާއި ޢާއިލާތަކާއި އެކުގައި މަސައްކަތްކުރާ އެހެނިހެން ބައިވެރީންގެ ގުޅުންތަކެވެ. ހަމަ އެފަދައިން ބަލިކަށިގުޅުންތަށް ނުވަތަ ޢާންމުކޮށް ބުނާނަމަ ކުރީން ދެނެވުނު މީހުންފިޔަވައި ދެންތިބިހާ ބައެއް މި ގުޅުމުގައި ހިމެނެއެވެ. މިބާވަތުގެ ގުޅުންތަކަކީ އެކކުވެރިކަމާއި ގާތްކަން ކުޑަ ގުޅުންތަކެވެ. އެކަކު އަނެކަކަށް ފެންނައިރު އަނެކާގެ ނަންވެސް ނޭނގެއެވެ. އެހެން ނަމަވެސް އިޖުތިމާޢިއްޔަތަށް އަހައްމިއްޔަތުކަންދޭ މީހަކަށް މި ނުރަސްމީ ގުޅުންތަކަކީ މިދެނެނވި ދަރިވަރުންގެ ހެޔޮ ވިސްނުމާއި ޢާންމު ހެޔޮ ޙާލަތުގެ ތަފާތު ނާޒުކު ނަޒަރިއްޔާއަކުން ފެންނަ ކަމަކަށް ވެއެވެ.

ކޮވިޑް-19 ގެތެރޭގައި މި އިޖުތިމާޢީ ބަހާގެ ބަލިކަށި ހުރިހާ ގުޅުމެއްވަނީ ކެނޑިގެން ގޮސްފައެވެ. ނުވަތަ ދެމެހެއްޓުމަށް ނުކުޅެދިފައެވެ. ބާޒާރަށް ގޮސް އުޅޭ އުޅުމާއި ސައިހޮޓާ ރެސްޓޯރެންޓުފަދަ ތަންތަނުގައި ބައެއް ފަހަރު ނުދަނަން މީހުނާއިވެސް ބައްދަލުވެ ވާހަކަ ދައްކައިލުން އެއީ ދުވަހަކުވެސް ވާނެކަމެއް ކަމަށް ހީކުރެވިފައި އޮތް ކަމަކަށް ނުވިއެވެ. ހިތްގައިމު ދުވަސްތަކުގައި ބޭރަށް ނިކުމެ މީހުނާއި ދިމާވެ ފެނިދެނިވުންވެސް މިވަބާގެ ތެރޭގައި އޮތީ ހުއްޓުމަކަށް އައިސްފައެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޙާލަތަކީ މިއީއެވެ.

ގިނަ ބަޔަކަށް ޢާންމު ބައްދަލުވުންތަކާ އެފަދަ ޢާންމުކޮށް މަގުތީން ފެނިދެނިވާ މީހުނާއި ދިމާނުވުންފަދަ ކަންކަން އޮތީ ވަރަށް ނާދިރު ޙާލަތެއްގައެވެ. އެހެންވީމާ ފޮތް ކިއުމާއި ފޮތް ބަލައިއުޅޭ ބައެއް މީހުން 1980 ގެ ތެރޭގައި ރޭ އޯލޑަންބާރގް ފަދަ ލިޔުންތެރީންގެ ދަ ގްރޭޓް ގުޑް ޕްލޭސް ފޮތް، ނުވަތަ އެ ހިތްގައިމު އުފާވެރި ތަންތަން ކިޔައިލުމަށް މަތާރަންފިލާމަތީން ނަގައި ހިރަފުސް ފޮޅައިލައިގެން ކިޔައިލުމަކީ މުހިންމު ކަމެއް ކަމަށް ހެދިއެވެ.

މިފޮތުގައި ހުޅަނގުގެ ޤައުމުތަކުގައި ޢާންމު އެއްވުންތައް އޮންނަ ތަންތަނާއި އެތަންތަނުގައި މީހަކު ހޭދަކުރާ އުފާވެރި ވަގުތު ކޮޅުތައް ފާހަގަ ކޮށްފައިވެއެވެ. ރާއްޖޭގައިވެސް އެފަދަ ޢާންމު އެއްވުންތައް އޮންނަ ޕާކުތަކާއި ހުސް މައިދާންތަކާއި ފަތާ ފެންގަނޑުތަކާއި އުޑުމަތީގެ ހިތްގައިމު ރީތި މަންޒަރުތައް ބައިލުމަށް ނިކުންނަ ތޮށިގަނޑުތައް މައްޗާއި ހޮޓާ ރެސްޓޯރެންޓު، ބޯކޮށާ ތަންތަނާއި ބައެއް ބޮޑެތި ފިހާރަތައްފަދަ އެތައް ތަނެއް ފާހަގަވެގެން ދާނެއެވެ.

އޯލްޑެން ބާރގް ވަނީ ތިމާ ދިރިއުޅޭތަން ފިޔަވައި މި ތިންވަނަ ތަންތަނަކީ މަސައްކަތުގެ ބުރަހެލިކަމުން އެއްފަރާތް ވެލެވޭހިނދު ދުވަހުގެ ކާރޫބާރޫގެ ތެރެއިން ކިހާ އުފާވެރި ވަގުތުކޮޅެއްކަމާ އެވަގުތުކޮޅުގެ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވައިލައިފައެވެ. ގިނަ ތަފާތު މާޙައުލުތަކެއްގެ ގޮތުގައި އެތަންތަން ސިފަވެގެން ދިޔަނަމަވެސް އެއްކަމެއްގައި ވަނީ އެއްގޮތް ސިފައެކެވެ. އިޖުތިމާޢީ ފޭރާމުން އެންމެން ފޭރާން ލައިގެން އުޅުމެވެ. މިފަދަ ތަންތަނުން ދިމާވާ މީހުން އެކަކު އަނެކަކަށް ފެނިދެނިވުމާއި ރައްޓެހި ރަޙުމަތްތެރީންނާއި އެމީހުންގެ ރަޙުމަތްތެރީންކުރެ ނުދަންނަ މީހަކާވެސް ބައްދަލުވެ އަނގަތަޅައިލަން ވަގުތުކޮޅެއް ހޭދަވުމެވެ.

ޢާންމުން އުފާކޮށްލުމަށް އެއްވާ ތަންތަން

މިއަދުވެސް އެތައް ބަޔަކު ގޭގައި ތިބެގެން، އެމީހުން ގެއިން ބޭރުގައި ކުރަމުންދިޔަ މަސައްކަތްތައް ކުރަމުންދާއިރު ތިމާގެ ގެއާއި މަސައްކަތް މިވަނީ މަސްހުނިވެ އޮފީސް މާޙައުލާއި ގެއާއިދެމެދުގައި ހިމަ ވާފަށެއްގެ ބާރު ނޫނީ ނެތް މިންވަރަށް ތުނިވެފައެވެ. އަދި ހަމަ އެއާއެކު ކޮވިޑް މިވަނީ އިޖުތިމާޢީ މާޙައުލު ކުޑަ ކުނބުރަކަށްވުރެވެސް ކުޑަކޮށްލައިފައެވެ. މާނައެއްނެތް ނަޒަރިއްޔާއަކަށް ހަދައިލައިފައެވެ. ޢާންމު ތަންތަން ހަނަފަސްކަމެއްގެ ތެރެއަށް ލައިފައެވެ. މިފަދަ ދުވަސްވަރެއްގައި ވިއްސާރަ މޫސުމަކީ އަދި އެއަށްވުރެވެސް އުނދަގޫ ދުވަސްވަރަކަށް ވެދެއެވެ.

އޯލޑަންބާރގުގެ ފޮތުގައި އެކަނިވެރިކަމުގެ އޮއިވަރު ދެމިގެން ހިނގައިދާނެކަމުގެ އިންޒާރު ކޮށްފައިވާއިރު މިހާރު މިއޮތް ސޯޝަލް މީޑިއާގެ ޒަމާނުގައިވެސް ނުވަތަ ފަހަރެއްގައި އޭގެ ސަބަބުންވެސް އެކަނިވެރިކަން އިތުރުވެގެން ދިއުމުގެ ބިރު އެބަ އޮތެވެ. މިހެން މިކަން އޮތުމާއެކު ފިހާރައަކަށް ދާންވިޔަސް ތިމާ ދިރިއުޅޭ ގެއާއި އެހެން ހިސާބެއްގައި ހުންނަ ފިހާރައަކުން ނޫނީ އެއްޗެއް ހޯދަން ނުދާ މީހުންވެސް މަދެއްނޫނެވެ. ސަބަބަކީ އޭނާގެ ކޮންމެވެސް ޒަމާނެއްގެ ރައްޓެއްސެއް ނުވަތަ ރަޙުމަތްތެރިއެއް އެހިސާބުގައި ދިރިއުޅޭތީ އޭނާއާއި ދިމާވެދާނެ ކަމުގެ އުއްމީދުގައެވެ. އަދި އޭނާގެ ނަޞީބު ރަނގަޅުކަމުން އެމީހަކާ ދިމާވެއްޖެނަމަ ކޮވިޑްގެ ވާހަކަވެސް ދައްލާނެ ފުރުޞަތެއް ލިބިގެން ދެއެވެ.

އެހެންނަމަވެސް ތިމާގެ ހިޔަނި ފަދައިން ކޮވިޑް މިވަނީ އެންމެން ވަށައިލައިފައެވެ. އެހެންވީމާ އެފަދަ ވަގުތުކޮޅެއްގެ އުފާވެރިކަމުގެ އުއްމީދުވެސް މިވަނީ ބަލިމަޑުކަމެއްގެތެރެއަށް ވެއްޓިފައެވެ. އަދި ކެތްމަދުވާ ދަރަޖައަށް މީހާ ވައްޓައިލައިފައެވެ. ޤަބޫލު ކުރެވުނަސް އަދި ނުކުރެވުނަސް ތިމާގެ ފުރާނައާއި އަނެކާގެ ސަލާމަތަށްޓަކައި އަޅައިގެން އުޅެންޖެހޭ މާސްކަކީ މޫނުމަތީގެ ހިނިތުންވެސް ނުވަތަ ނުތަނަވަސްކަންވެސް ފޮރުވައިފައެވެ. ހަމައެކަނި ދައްކާވާހަކައިގެ އަޑު ނޫން އެހެން އެއްވެސް ޖަޒުބާތެއް މޫނުމަތީން ނުފެންނަ ހިސާބުގައެވެ. މުޅި މުޖުތަމަޢުންވެސް މޫނަމަތީން ފެންނަ ހުރިހާ އަސަރުތަކެއް ފޮރުވިފައެވެ.

މިކަމުގެ ނަތީޖާއަކީ އިޖުތިމާޢީ ޙަޔާތުގެ ގުޅުންތަކުގެ ބަލިކަށި ސިފަތަކެވެ. އޮންލައިނުންވެސް އެއީ ގެއްލިފައި އޮތް އެއްޗެކެވެ. ނަމަވެސް ޒޫމްފަދަ ރަސްމީ ބައްދަލުވުންތަކަށް ޚާއްޞަ ޕްރޮގްރާމްތަކުގެ އެހީގައި ރަޙުމަތްތެރީންނާއިއެކު އޮންނަ ހަރުދަނާ ގުޅުންތައް ކޮންމެވެސް ވަރަކަށް ބަދަހި ކުރެވިދާނެއެވެ. އެހެން ނަމަވެސް ޢާންމުކޮށް ބައްދަލުވެ ވާހަކަދައްކައިއުޅޭ ރައްޓެހީންންނަށްވެސް މުވާޞަލާތުގެ ޚިދުމަތް ލިބޭ ފެންވަރަކުން މެނުވީ ގުޅުން ބަދަހި ކުރުމަކީ އުނދަގޫ އަދި ބައެއްފަހަރު ހިތް ނުތަނަވަސްވެ ބުއްދިވެސް ހިލުވައިލާ ކަމަކަށްވެއެވެ.

އެހެންވީމާ ރަށްފުށުގެ ދިރިއުޅުމުގެ ޙާލަތަށްވުރެ ޝަހަރެއްގެ ތެރޭގެ ޙާލަތު ދަށްވުމުން ސަލާމަތްވާނީ ކިހިނެއްބާވައެވެ. މިފަދަ ގުޅުންތައް ދަމަހައްޓާނީ ކިހނެއްބާވައެވެ.

ތަރައްޤީވަމުން އަންނަ މުޖުތަމަޢުތަކުގެ ވާހަކަ އެންމެންވެސް އަޑުއަހާނެއެވެ. ރަށްރަށުގެ މަގުތައް ހެދި ރަށްރަށުގައި ނަރުދަމާއެޅި އެއަރޕޯރޓުތައް ހެދި މުވާޞަލާތުގެ ޚިދުމަތްލިބި މިހެންގޮސް މީގެކުރީން ދެކިފައިނުވާ އެތައް ތަރައްޤީއެއްމިވަނީ އައިސް އެންމެންގެ ވިސްނުމާއި ޚިޔާލަށްވެސް ކުރިއެރުން ގެނެސްދީފައެވެ.

ނިކަން ސްޕައިކް ކާރލްސަންގެ އަ ވޯކް އެރައުންޑް ދަ ބްލޮކް، ނުވަތަ ހިސާބުގަނޑުގައި ބުރެއް ޖަހައިލުން ބަަލއިލުމުން ކޮވިޑް-19 ކުޅޭފައިވާ ބިރުވެރި ދައުރު ފެންނާނެއެވެ. ހިސާބުގަނޑުގެ ތަފާތު އިޖުތިމާޢީ ސިފަތަކާއި ޖިސްމާނީ ސިފަތައް ފެންނައިރު އެއްގެ ހުންނަ ގޮތަށް އަނެއް ގެއެއް ނުހުރެއެވެ. އެއްފިހާރައަށްވުރެ އަނެއް ފިހާރައާއި އެތަނުގައި ވިއްކާ ތަކެތީގެ އަގުވެސް ތަފާތެވެ.

ނަމަވެސް ސުވާލަކީ އެއްގޮތް ސިފަތަކާއި އެއްބަސްވެވޭ ސިފަތައް މިވަނީ ކޮވިޑްގެ ސަބަބުން ނެތި ގެއްލިފައިހެއްޔެވެ؟

ކާރލްސަން އޭނާގެ ފޮތުގައި މިފަދަ އެތައް ވާހަކަތަކެއްވަނީ ލިޔެފައެވެ. އަވަށްޓެރި ހިސާބުގަނޑުގައި ބުރެއްޖަހައިލާ މީހާއަށް ނުވަތަ އެހެން ހިސާބަކަށްގޮސް ބުރެއް ޖަހައިލުމާއި ހުރި ތަފާތުވެސް ކޮވިޑް މިވަނީ ގެއްލުވައިލައިފައެވެ. ނަމަވެސް އެއީ އެފަދަ ބުރެއް ޖަހައިލުމުގެ ހިތްގައިމުކަމަކީ އެއީއެވެ. ކޮންމެ އިރަކު ކޮންމެ ހިސާބަކަށްގޮސްވެސް ބުރެއް ޖަހައިލެވިދާނެއެވެ. ބައެއް މީހުން އެމީހުންގެ ރައްޓެހީންނާއި އެކުގައެވެ. އަނބީން ފިރީންނާއި އެކުގައެވެ. ދަރީން މައިން ބަފައިންނާއި އެކުގައެވެ. ނަމަވެސް ވިއްސާރަ މޫސުމުގައި އެންމެންވެސް ތިބޭނީ ގެއަށްވަދެ ނުނިކުމެއެވެ. ނަމަވެސް ކޮވިޑް މިވަނީ އެހުރިހާ ވަގުތެއްވެސް އެމީހާ ދިރިއުޅޭތަނަކަށް އެކަނި ވައްދައި އިޖުތިމާޢީ ގުޅުންތަކުން އެއްފަރާތް ކޮށްފައެވެ. އަދި ހިނގައިލުމަކީ މީހުން ހަނދާން ނެތިފައިވާ އެއްޗަކަށް ހަދައިފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް ކޮވިޑް-19 މިވަނީ ޢާންމު ދިރިއުޅުމުގެ ހުރިހާ ވަގުތެއް އުނދަގޫ ޙާލަތަކަށް ވައްޓައިލައިފައެވެ. ދިރިއުޅުމުގައި އެންމެ އުފާވާނެ ވަގުތުތައްވެސް ވޭނަކަށް ބަދަލުކޮށްލައިފައެވެ. ކޮންމެ ގުޅުމަކާއި ބައްދަލުވުމެއްވެސް ތަޙުޤީޤީ ނަޒަރަކުން ނޫނީ ނުބަލާ ހިސާބަށް ގެންގޮސްފައެވެ. އަވަށްޓެރިއާއި އަނގައިން ބުނެލުމަކީވެސް ކޮވިޑް ޖެހިދާނެކަމުގެ ބިރަށް ނުކުރާ ހުންނަކަމަކަށް ހަދައިފައެވެ.

ނަމަވެސް މިހާރު މިވަނީ ވެކްސިންތަކެއް އައިސް އުއްމީދެއް ނެރެދީފައެވެ. އަދި މާސްކު އަޅައިގެން ހުންނަ އަނެކާއަށްވެސް ސަމާލުކަމެއްދޭ ވަރަށް އުއްމީދު އާވެފައެވެ. ކޮންމެ ބައްދަލުވުމަކާއި ކޮންމެ ހިނދުކޮޅަކީ އަނެކާގެވެސް އުފަލަކަށްހެދޭނެ ކަމުގެ ފަނޑު ނަމަވެސް ޔަޤީންކަމެއް ލިބިފައެވެ. ވަބާއެއްގެ ތެރެއިން ސަލާމަތްވެ އުފާވެރިކަމުގެ ތެރެއަށް 2020 ގެ ހިތި ހަނދާތައް ދޫކޮށްލާ ހިސާބަށް އާދެވިފައެވެ.