މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ވެކްސިން ރާއްޖެއަށް ގެންނާނެކަން ކަށަވަރުވެއްޖެ އެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ގެނައުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
ކޮވިޑް-19ށް ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަނީ ގަބޫލުކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިންނެވެ. މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބު ހާމަކޮށްފައެވެ. އެގޮތުން، ފުރަތަމަ ވެކްސިންދޭނީ ސީދާގޮތުންނާއި އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުންނާއި، އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނެވެ.
ވެކްސިން ދިނުމުގައި ދެވަނައަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުންމަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތަފާތު ބަލިތަކުގައި ހޭދަކުރާ މީހުންނެވެ. ދެން ހިމެނެނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓީޗަރުންނާއި، ފުލުހުންނާއި، ސިފައިންނާއި، ޓްރެވަލް އިންޑަސްޓްރީ، އެއަރލައިން، ޓުއަރިޒަމް އިންޑަސްޓްރީ، ކުނި، ޕަބްލިކް ޓްރާންސްޕޯޓް، ޕްރިޒަންސް، އާންމު ޚިދުމަތްތައް ދިނުމުގައި އާންމުންނާ ބއްދަލުކުރާ އޮފީސްތަކުގެ ސްޓާފުންނާއި، އިންޓަރނޭޝަނަލް ޓްރެވަލަރސް ހިމެނެއެވެ.
ފުލެޓް ދިނުމުގައި މިންގަނޑު ގެންގުޅޭ ގޮތަށް ބަލާފަތޯ އަނެއްކާ ކޮވިޑް ވެކްސިންވެސް... މޯޑިސް ތަފާތު ވާނެ ހުރިހާ ކަމެއްގަވެސް.
އުއްމީދަކީ ވަކި ކުލަޔަކަށް ނުބަލާ މިފަދަ އިންސާނީ ކަންކަން ހަމަހަމަ އުސޫލަކުން ކޮށްދެއްވާނެކަމަށް