ކ. މާފުށީގައި ކާރެއް ކޮންޓްރޯލް ނުވެގޮސް މޫދަށް ވެއްޓިއްޖެެއެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 12:46 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގިއިރު، ކާރުގައި ތިން މީހަކު ތިބިކަމަށާއި، އޭގެތެރެއިން 2 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެދެމީހުން ފުލުހުންގެ އެހީތެރިކަމާއެކު މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައިއޮތް ދެ ލޯންޗެއްގައި ޖެހި، ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މޫދަށް ވެއްޓުނު ކާރު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ މީހެއް ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.