މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރާއި ވީޓީވީ ގުޅިގެން ގެނެސްދޭ ގައުމީ ލަވަ ހުށަހެޅުމުގެ މުބާރާތް "ޤައުމުގެ ދުލުން" ގެ އެއްވަނައަށް އައިޝަތު ޖޫނީ ޖިނާހު ހޮވިއްޖެއެވެ.

މުޅި މުބާރާތުން އެއްވަނަ އަށް ޖޫނީ ހޮވިފައިވާއިރު، މުބާރާތުން ދެވަނައަށް ހޮވިފައިވަނީ އައިޝަތު އާލާ ހަސަންއެވެ. އަދި ތިން ވަނަ އަށް ހޮވިފައިވަނީ އައިޝަތު ޒާހާ ޝަހީމް އެވެ.

ގައުމުގެ ދުލުން ލަވަ މުބާރާތުގައި 16 އަހަރުން ދަށުގެ އުމުރުފުރާއިން މުބާރާތުގައި ބައިވެރިވި ޖުނީ ވަނީ މުބާރާތުގެ އެއްވަނައިގެ އިތުރުން ގިނަ ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، ޅެންވެރިކަމުގެ ސީނިއާ ގްރޫޕުން ދެވަނަ އާއި، ސީނިއާ ގުރޫޕްގެ އަމިއްލަ ރާގު އެއް ވަނަ އާއި، 16 އަހަރުން ދަށުގެ އުމުރުފުރާއިން އެއް ވަނަ އަދި، ސީނިއާ ގުރޫޕުން ލަަވަ ހުށައެޅުމުން އެންމެ މޮޅުކަމަށް ފަނޑިޔާރުން ހޮއްވެވި ފަސްލަވައިން އެއްވަނައިގެ އިތުރުން މުޅި މުބާރާތުން އެންމެ ރީތި އަމިއްލަ ރާގު ހިނެމެއެވެ.

މިބާރާތުގައި ޖޫނީ ހުށަހަޅައިދިން "އަންނާށެ ދާން އުދުހިލާން" މިލަވައިގެ ޅެން ހައްދަވާފައިވަނީ އިބްރާހީމް ސަމީރުއެވެ. އަދި ރާގު ހައްދަވާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

ޖޫނީގެ ލަވައާއި ގުޅޭގޮތުން ވީނިއުސްއާ ވާހަކަދައްކަދައްކަވަމުން މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ވިދާޅުވީ، ޖޫނީގެ ލަވައިގައި ހަތަރު ރައިވަރު ހިމެނޭނެކަމަށެެވެ.

"މި ރާގުގެ ރީތިކަން އައިއްސަ މި އޮތީ ހަމަ އަޅުގަނޑުގެ މަސައްކަތަކުންނެއް ނޫން. މިލަވައިގެ މިއުޒިކް ފުރިހަމަކޮށްލަދެއްވީ ޝާޒް. ޝާޒް އަކީ އެންމެ އެކަށީގެންވާއެކަކު މި ވައްޓަފާޅީގެ ލަވަތަކަށް. އެހެންވެ އަޅުގަނޑުމެން ޝާޒް ހިޔާރުކުރީ. ދެން އަޅުންގަޑުމެން ވިސްނީ މިލަވައަށް ޖޫނީ ޕާފެކްޓް ކުރެވޭނީ ޖޫނީގެ ކޮން ކަންތައްތަކެއް ރަނގަޅުކޮށްގެންތޯ. އެކަމަށްޓަކައި އަޅުގަނޑުމެން ނުހާ ހިޔާރުކުރިން. ޖޫނީގެ ކޮންމެ ހަރަކާތަކީ ހަމަ ނުހާ ކޮރެޔަގްރާފްކޮށްފަހުރި ހަރަތާކްތަކެއް."
މުހައްމަދު އަބްދުލް ގަނީ (ތޭރަ)

ތޭރަ ވިދާޅުވީ ޖޫނީގެ ލަވައިގައި ކިޔައިދޭ ވާހަކަ ކިޔަދެނީ ދޫންޏެއްގެ ސިފައިގައިކަމަށްވުމުން ޖޫނީގެ ހެދުންވެސް ފަރުމާކޮށްފައިވަނީ ލަވައާއި ގުޅޭގޮތަށްކަމަށެވެ.

"ޤައުމުގެ ދުލުން" މުބާރާތުގެ ވަނަތައް ލިބުނު ކުދިން:

  • އަޖުނާ ފާރިޒް ނިޒާރު
  • އާއިޝަތު ޝަންހާ ރަމީޒު
  • ޢާއިޝަތު މަލީޝާ ބުންޔާމީން
  • އަޙްމަދު ނަޙްޔާން ފައިޞަލް
  • އަލާއިޔާ ތާރާ ބިންތް މަލިކު
  • ލައިބާ އަޙްމަދު މަޚްލޫފް
  • ސާޔާ އަޙްމަދު މުސާއިދު
  • ޣަމިނަތު ސަޝާ ޝަރީފު
  • ޝަލް ޢަބްދުﷲ ޝަރީފް
  • ޔޫސުފް ޝަފީ ސައީދު
  • ޒުވައިލް އަލީ ޠާރިޤު
  • ޢާއިޝަތު އާލާ ޙަސަން
  • މުޝާތް މުސްތާގް
  • އާއިޝަތު ޒަޔާ ޝަހީމް
  • ޣަމިނަތު ރާޔާ އަޝްރަފް
  • ފާތިމަތު ފަލަކް ބިންތި ޢަބްދުﷲ ހަސީން
  • ޒަވްޤު ޢަލީ ޠަރިޤު
  • ޢައިޝަލް ޖުމާން މުޙައްމަދު
  • އާލާ އިބްރާހީމް އާޞިފް
  • ލިޔާ މައުމޫން
  • އައިނީ ރިޝްވާން
  • ޢާއިޝަތު އިބާ އަދީފް
  • އާއިޝަތު ޖޫނީ ޖިނާހު
  • ތީބާ މުޙައްމަދު ޒުހައިރު

ގައުމުގެ ދުލުން ލަވަ މުބާރާތް ދައްކާފައިވަނީ އެޕިސޯޑްތަކަކަށް ބަހާލާއިގެން ވީޓީވީ މެދުވެރިކޮށެވެ. މުބަރާތުގައި 48 ބައިވެރިން ވަނީ ލަވަ ހުށަހަޅާދީފައެވެ.

6 އުމުރު ފުރައަކަށް ބަހާލައިގެން ބޭއްވި މިމުބާރާތުގައި ހިމެނެނީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި 18 އަހަރާއި އަދި 35 އަހަރުންމަތީގެ އުމުރުފުރާއެވެ.

މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ، އަބްދުއް ސަމީޢު އަދި މަޖީދު އިސްމާއީލްއެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން އަލީ އަބްދުލްކަރީމް ވިދާޅުވެފައިވަނީ "ޤައުމުގެ ދުލުން" މިނަމުގައި ލަވަ މުބާރާތެއް ގެނެސްދިނުމުގެ މައިގަނޑު މަގްސަދަކީ ނެތެމުންދާ ގައުމީ ރޫހު ހިމެނޭ ލަވަތަކެއް މެދުވެރިކޮށް ގައުމީ ޖޯޝާއި ރޫހް އިތުރަށް އާލާކޮށް ދިރުވުން ކަމަށެވެ.