ލޯކަލް ކައުންސިލް އިންތިހާބު މިއަހަރުގެ ޖޫން މަހާއި ހަމައަށް ފަސްކޮށްލުމަކީ ރަނގަޅު ގޮތެއްކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ހޯރަފުށި ދައިރާގެ މެމްބަރު ވިދާޅުވީ އެއް އަތުން މަސައްކަތް ކުރަންޖެހެނީ ކޮވިޑް-19ގެ މިހާލަތުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށާ އެއީ ސަރުކާރުގެ މަގުސަދު ކަަމަށެވެ. އަދި ހަމައެއާއެކު ދެން އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ބާރުވެރިކަން އެމީޙުންގެ އަތުގައި ބޭއްވުންކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެކަމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކު އެމީހުންގެ މައްޗަށް ބަސްކިޔުމަށް ބޭތިއްބުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މި ދެކަންތައް އެއްފަހަރާ ހާސިލް ކުރަން ބަލާއިރު ޕެންޑަމިކްގެ މިހާލަތުގައި މި ދެކަންތައް އެއްފަހަޜާ ހާސިލުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވަނީ އިންތިޚާބަށް ތައްޔާރުވަން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިންގ ހުއްޓާލައިގެން ނޫނީ އަދި ދަތުރުފަތުރު ކުރުަމށް މިހަރު އޮތް ހުރަސްތައް ނައްތާލައިގެން ނޫނީ އިންތިޚާބު ރަނގަޅަށް ކުރިއަށް ގެންދިވިދާނެތޯ ސުވާލު އުފައްދަވާފައެވެ. ކޮންޓެކްޓް ޓްރޭސިންއާއި ދަތުރުފަތުރުކުރުން ކޮންޓްރޯލް ކޮށްފައި އޮތުމަކީ ކޮވިޑް-19 ބަލި ކޮންޓްރޯލްކުރުަމަށް ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރުކަން ފަހަގަކުރައްވާ ސަލީމް ވިދާޅުވީ މި ކަންތައްތައް މިގޮތަށް އޮތްހާ ހިނދަކު ހިތްއެދޭފަދަ އިންތިހާބެއް ބޭއްވިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.
ސަލީމް ވިދާޅުވީ މި ސުވާލުތައް އުފެދެނީ އަދި ވުޖޫދުގައި ނެތް ނުވަތަ ނުފެންނަ ގައިޑް ލައިނަކަށް އިންތިޚާބު ބާއްވާ ވާހަކަ ބިލުގައިދެކެވޭތީ ކަމަށެވެ. އިންތިޚާބުގެ އަސާސަކީ މިނިވަންކަމާއެކު ކެމްޕެއިން ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި އަދި ވޯޓްލާ މީހުންނަށްވެސް މިނިވަން ކަމާއެކު ވޯޓުލެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ސަލީމް ވިދާޅުވިއެވެ. މިހާރުގެ ހާތަށް ބަލާއިރު ވޭތުވެދިޔަ 15 ދުވަހުގެތެރޭގައި 600 މީހުން ރާއްޖެއިން ޕޮޒިޓިވް ވެފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މިހާލަތުގައި ޑިރެކްޓަރ ޖެނެރަލަށް ދެއްވޭނީ ކިހާލުއިތަކެއްތޯ ބަލާނުލާ އިސްލާހުތަަކައިގެން ކުރިއަށްދާން އެމަނިކުފާނަށް ނުފެންނަ ކަމަށެވެ.
އިންތިޚާބަކީ ޚަރަދު ބޮޑު ކަމެއްކަން ފާހަގަކުރައްވާ ހޯރަފުށީ ދައިރާގެ މެމްބަރު ވިދާޅުވީ މިއަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބެއްވުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ޖަހާފައިވާ ކަމަށާ އެހެންނަމަވެސް ސިއްހީ ކުއްލިނުރައްކަލުގެ ހަލަތުގައި ކަންކަން އިންތިޒާމް ކުރަމުންދާއިރު އިތުރު ޚަރަދުތައް ހިނގާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަަމަށާ އެކަމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކޮންމެ ވޯޓްލާ މަރުކަޒަކަށް ޓެމްޕަރޭޗަރ ބެލުމަށް ތާމޯމީޓަރު ބޭނުންވަނެ ކަމަށާ އެ ގަތުމަށް 1.2 މިލިއަން ރުފިޔާ އަދި އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓަށް އިތުރު 3 މިލިއަން ރުފިޔާ ހަރަދުވާ އިރު މިހާ ތާށި އަދި ދަތި ދަނޑިވަޅެއްގައި މި ޚަރަދުތައް ކޮށްގެން އިންތިހާބު ބޭއްވުން ހަމަ ކޮންމެހެން މުހިންމުތޯ ސަލީމް ވަނީ ސުވާލު ކުރައްވާފައެވެ.
ސަލީމް ވިދާޅުވީ ދިވެހިންނަށް ވެކިސިން އާއި ވަރަށް ގާތަށް މިހަރު އާދެވިފައިވާ ކަމަށާ ސަރުކާރުން މަސައްކަތް ކުރަނީ މިމަހުގެތެރޭގައި ރާއްޖެއަށް ވެކްސިން ގެނައުމަށް ކަމަށެވެ. ސަލީމް ވަނީ މޭއި މަހާއި ހަމައަށް ވެކްސިން ލިބޭނެ ކަމަށް ލަފާކުރައްވާފައެވެ. އެހެންކަމަށްވާނަމަ ރަމަޟާންމަހުގެ ފަހުން ޖޫންމަހާ ހަމައަށް އިންތިޚާބު ފަސް ކޮށްލައިފިނަމަ ކިތަންމެ ޚަރަދަކުންވެސް ސަލާމަތްވެވޭނެ ކަމަށެވެ. އަދި މިނިވަންކަމާއެކު އިންތިޚާބުގައި ކެމްޕެއިން ކުރެވި ތާއީދުކުރާ ކެންޑިޑޭޓުންނަށްނަށް ކެމްޕެއިން ކުރުމަށް ރަށްރަށަށް ދަތުރުކުރެވި މި އިންތިޚާބަކީ ދުނިޔެއިން ބަލައިގަންނަ އިންތިޚާބަކަށް ހެދޭނެ ކަމަށްވެސް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސަލީމް ވަނީ އެއްވެސް ގައިޑްލައިނެއްގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރުމަކީ މިނިވަންކަމާއެކު އެކޮމިޝަނަށް މަސައްކަތްކުރެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ސަތޭކައިގެ ވާހަކައެއް ބަރާބަރު
އިންތިހާބު ބޭއްވުމުގެ އެއްވެސް ބޭނުމެއް ދެން އެބަ އޮތްބާވައޭ ހިތަށް އަރާ. މިހާރުވެސް މިވަނީ އެތަށް ދުވަހެއް އިންތިހާބެއްނެތި ނުހޮވި ތިބި ބަޔަކާ އެކު ކުރިއަށް ގޮސްފަ. މިހާރު އެތިބީ ބުނާގޮތް ހަދާމީހުން ކަނަށްފެނޭ. ދެން ހަމަ މިގޮތަށއ ބާއްވައިގެން ދައުރު ނިންމާލީމަ އރޖުދިންނަށްވެސް ފައިސާކޮޅެއް ލިބޭނެތާ