ކޮވިޑް19 އަށް ގދ.ތިނަދޫ އިން މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕެރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީގް ވަނީ މިކަން ވީނިއުސް އަށް ކަށަވަރުކޮށްދެއްވާފައެވެ.
ޑރ.ނަޒްލާ ވިދާޅުވީ ތިނަދޫއިން ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކަމަށެވެ.
އަދި މިމީހަ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ނެގި ރިލީޒް ސާމްޕަލުން ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކަރަންޓީންގައި ތިބޭ މީހުން އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކަރަންޓީންގެ އުސޫލުތައް ސަމާލުވުމަށް އެޗްއީއޯސީން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ގއ. ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ހުވަދު އަތޮޅުގެ އެކި ރަށްތަކުން ދަނީ ރެންޑަމް ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން ގދ. ތިނަދޫއިން ވެސް ރެންޑަމް ސާމްޕަލްތައް ނަގަމުންދާއިރު މިހާތަނަށް އަދި އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.