އެކްޓަރު ކަރތިކް އަރްޔަންގެ ކުރިއަށް އޮތް ފިލްމު "ދަމާކާ" ނެޓްފްލިކްސް މެދުވެރިކޮށް ޕްރިމިއަކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ.
ހަބަރު ލިބޭގޮތުގައި ކޮރެއަން ފިލްމެއްގެ ރިމޭކެއްކަމަށްވާ މިފިލްމު ނެޓްފްލިކްސްއިން ޕްރިމިއަކުރުމުގެ މަޝްވަރާތަކެއް ފިލްމުގެ ޑައިރެކްޓަރާ ނެޓްފްލިކްސްއާ ދެމެދު މިހާރުދަނީ ކުރެވެމުންނެވެ.
ބެލެވޭގޮތުގައި ހަފްތާއެއްހާ ދުވަސްތެރޭ މަޝްވަރާތަކަށް ނިމުންއައިސް ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ފިލްމު ޑިޖިޓަލީ ޕްރިމިއަރ ކުރާނެއެވެ.
ރޮނީ ސްކްރޫވާލާ އަދި ރާމް މަދްވާނީގެ މިފިލްމުވަނީ ކޮވިޑް-19 ގެ ދުވަސްވަރު އެންމެ 15 ދުވަހުގެ މުއްދަތެއްގެތެރޭ ފިލްމުގެ ޝޫޓިންގް ނިންމާ ރެކޯޑެއް ގާއިމުކޮށްފައެވެ.
ކާރތިކްގެ މިފިލްމުގައި މުޅީންވެސް ފެނިގެންދާނީ ޓެރެރިޒަމާ ގުޅުންހުރި ހާދިސާތަކެވެ.
އެންމެ 15 ދުވަހުގެތެރޭ ފިލްމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ފިލްމުގެ ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.
އުއްމީދު ކުރެވޭގޮތުގައި ފިލްމު "ދަމާކާ" ގެ އިންތިޒާރުގައި ތިބި ކާރތިކްގެ ފޭނުންނަށް ދާދި އަވަހަށް ފިލްމުގެ ޕްރިމިއަރ ތާރީޚު އެނގިގެންދާނެއެވެ.
ކާރތިކްގެ އެންމެ ފަހުން ރިލީޒްވެފައިވަނީ ބަތަލާ ސާރާ އަލީ ޚާންއާއެކީ ކުޅުނު ފިލްމު "ލަވް އާޖްކަލް" އެވެ.
އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ބޫޝަން ކުމާރުގެ "ބޫލް ބުލައްޔާ-2" އަދި ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ-2" ހިމެނެއެވެ.
ދެން މިވާގޮތުން ސިނަމާތައް މަޑުމަޑުން އުވި މިކަހަލަ ޕްލެޓްފޯމުތަކަށް ކުރިއަށްއޮތް ތަނުގައި ފިލްމް ތައް ރިޅީލް ވާނެ ކަމަށް ބެލެވެނީ..