2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް 52،941 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

މިމުއްދަތުގައި އެއްމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝީއާއިން 13،295 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން 9346 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޔޫކްރެެއިން، ކަޒަކިސްތާން، ރޮމޭނިއާ، އިނގިރޭސިވިލާތް އަދި ފްރާންސުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ 586 ތަނެއް ހުޅުވާފައިވާއިރު، އެެއީ 142 ރިސޯޓަކާއި، 11 ހޮޓެލް، 133ސަފާރީ އަދި 300 ގެސްޓްހައުސްއެވެ.

މީއީ 42،662 ބެޑް ކެޕޭސިޓީއެވެ. މީގެތެރެއިން 32،930 ބެޑް ކެޕޭސީޓީއަކީ ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 555،399 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.