ގއ.ވިލިނގިލީގައި އިއުލާންކޮށްފައި އޮތް މޮނިޓަރިންގް ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ވިލިނގިލި މޮނިޓަރިންގ އަށް ލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިލިނގިލީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު ރޭ އުވާލާފައި ވަނީ މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މި ވަގުތު ނެތުމުންނެވެ. އަދި މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަވަޅުތައް ވެސް ރެއިން ފެށިގެން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ވިލިނގިލިން ކޮވިޑަށް ޕޮޒިޓިވްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގައި ތައުލީމް ހާސިލް ކުރަމުންދިޔަ އެއަތޮޅު ދާންދޫގެ ދަރިވަރެކެވެ. މިއީ އެއަތޮޅު ދެއްވަދޫއިން ފެނުނު ކްލަސްޓާއާ ގުޅުންހުރި ކޭސް އެކެވެ. އެ ދަރިވަރާ ކޮންޓެކްޓްވި، 37 މީހެއްގެ ސާމްޕަލް ނެގިއިރު ޕޮޒިޓިވްވީ އެންމެ މީހެކެވެ.

މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެރަށުގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 9 މީހަކަށް ފަރުވާދެމުންދާއިރު އޭގެތެރޭގައި ހިމެނެނީ ދެއްވަދޫގެ 6 މީހަކާއި ދާންދޫގެ 4 މީހުން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ދެއްވަދޫ ކްލަސްޓަރ އިން މިހާތަނަށް 72 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.