ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް އެކުލަވާލައްވައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، މީދޫ ސިއްހީ މަރުކަޒާއި، މަރަދޫ ސިއްހީ މަރުކަޒާއި، ފޭދޫ ސިއްހީ މަރުކަޒާއި، ހުޅުދޫ ސިއްހީ މަރުކަޒު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަށް އައްޔަންކޮށްފައިވާ ބޭފުޅުން:
- އަހްމަދު ޒާހިރު (މާހީ، ސ. ހިތަދޫ)
- ޑރ މުހައްމަދު ސާލިހް (ކުއްޅަވައްގެ، ސ. ހުޅުދޫ)
- ޑރ އަލީ ނަޒީމް (މއ. އެލީޒިއަމް)
- އާމިނަތު ޝާއިނާ އަބްދުﷲ (ގ. ޕޫލްކިނާރާ)
- އާމިނަތު މުހައްމަދުދީދީ (ބަންޑާރަދަޑިގެ، ސ. މީދޫ)
- ޒާހިދާ އިބްރާހީމް (އަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް)
- އަބްދުﷲ ސާދިޤު (ކައުސަރު، ސ. ހިތަދޫ)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ އަހްމަދު ޒާހިރެވެ.
މީގެއިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަށް އައްޔަންކޮށްފައިވާ ބޭފުޅުން:
- އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)
- ޑރ އާމިނަތު ނަޒީރު (މ. ކެލްވީނިއާ)
- މުއުމިނާ އަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
- ހަސަން ޝުޖާއު (ހަނީމޫން، ހދ. ކުޅުދުއްފުށި)
- އަބްދުއްލަތީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
- އަހްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.