ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ބުނެފައިވަނީ، ހަރަކާތް ހުއްޓިފައިވާ ހާލަތުގައި އޮތް، އުމުރުން 77 އަހަރުގެ ދިވެހި ފިހެނަކު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ހެނދުނު 9:50 ގައި ގެންދެވުނު ކަމަށެވެ.

އެމީހާ ނިޔާވެފައިވަނީ ހެނދުނު 10:14 ގައި ކަމަށާއި، މިއީ، ކޮވިޑްބަލީގެ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއާއެކު ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ.