މުޙައްމަދު ޝިޔާޒު (މޯހަން)ގެ އިރުޝާދުގެ ދަށުން ސަސް ކުޅުނު ފުރަތަމަ މެޗުވެސް އެއްވަރުވެއްޖެއެވެ.

އަހުމަދު ނާޝިދު (ނާދު) ގެ އެއްބަސްވުން އުވާލައި، މޯހަންއާ ޓީމް ހަވާލުކޮށްގެން، ވެލެންސިޔާއާ ދެކޮޅަށް ނިކުއިން މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ބުރުގައި ދެޓީމްގެ ފަހު މެޗު އެއްވަރުވުމުން 7 މެޗުގެ ތެރެއިން ސަސް ކުޅުނު 5 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޮޅުވީ އަދި ބަލިވީވެސް އެއް މެޗުންނެވެ. މެޗުގައި ވެލެސިޔާއިން ރަނގަޅު ހަމަލާތަކެއް ސަސްގެ ގޯލަށް ފޮނުވާލިއެވެ. ފުރަތަމަ ހާފްގައި މިދުހަތް ފަހުމީއާއި، އަލީ އަޝްފާޤު ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ސަސްގެ ބިދޭސީ ކީޕަރެވެ. އޭގެފަހުން ހުސެއިން ނިޔާޒު މުޙައްމަދު ފޮނުވާލި ބޯޅަވެސް ކީޕަރު ދިފާއުކުރިއެވެ. ސަސްއިން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ފޯވާޑް ވިކްޓަރއަށެވެ. އޭނާ ފޮނުވާލި ބޯޅަ ސަލާމަތްކުރީ މިސީޒަންގައި ވެލެންސިޔާއަށް ބަދަލުވެ ފުރަތަމަ މެޗަށް ނިކުއިން ޤައުމީ ޓީމްގެ ކީޕަރު ފައިސަލްއެވެ.

ވެލެންސިޔާ ޕޮއިންޓެއް މިހޯދީ ބައްޔަކަށްފަހު އެނބުރި އައިހެވެ.ދަ ގްރާންޑޭ އަތުން ވީބައްޔަށްފަހު މިއަދު ހޯދި ޕޮއިންޓާއެކު ފުރަތަމަ ބުރު ވެލެންސިޔާ ނިންމާލީ 12 ޕޮއިންޓާއެކުއެވެ. ސަސްއަށް ފުރަތަމަ ބުރުން ލިބުނީ 8 ޕޮއިންޓެވެ.