ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭ ކުޅުނު ފަހު މެޗުންވެސް މޮޅެއް ހޯދާ، ރަނގަޅު ނަތީޖާތަކަކާއެކު ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ރޭ 2-1 ން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، ހޯދި ތިން ޕޮއިންޓާއެކު ދަ ގްރާންޑޭން ވަނީ ފުރަތަމަ ބުރުގައި 12 ޕޮއިންޓް ހޯދާފައެވެ. އެޓީމް ފުރަތަމަ ބުރުގައި ބަލިވީވެސް އެންމެ މެޗަކުންނެވެ. އެއާ ހިލާފަށް ޔުނައިޓެޑް ވިކްޓްރީއަށް ފުރަތަމަ ބުރުގައި މޮޅެއް ނުހޯދުނެވެ. ތިން އެއްވަރުކޮށްގެން ލިބުނު 3 ޕޮއިންޓާއެކު އެޓީމް އޮތީ ފުރަތަމަ ބުރު ނިމުނު އިރު ފުލުގައެވެ.

ރޭގެ މެޗުގައި ދަ ގްރާންޑޭއަށް ލީޑް ހޯދައިދިނީ ކެޕްޓަން ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އަލީ ހައިޝަމްގެ ލަނޑުން ޔޫވީން އެއްވަރުކުރި ނަމަވެސް މިސީޒަންގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ އަހުމަ އަޔާޒު ވަނީ ދަ ގްރާންޑޭއަށް ލަނޑު ޖަހައިދީ ޓީމް މޮޅުކޮށްދީފައެވެ. ރޭގެ މެޗުގައިެވސް އަޔާ ކުޅެން ނިކުތީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.