މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮވިޑް ވެކްސިން ވަގަށްނެގީމާ ޑޮކްޓަރަކަށް ވިޔަސް ވަޒީފާއިން ވަކިކޮށް ޝަރީޢަތަށް ނުފޮނުވައި ދޫނުކުރާނެ ކަމަށް ޓެކްސާސްގެ ޕްރޮސެކިއުޓަރުން ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވީ ޓެކްސާސްގެ ހެރިސް ކައުންޓީގެ ހަސަން ޖުކަލް ނަމަކަށްކިޔާ ޑޮކްޓަރަކު ވަޒީފާއިން ވަކިކޮށް މިހާރު ޝަރީޢަތަށް ފޮނުވައިފައިވަނީ ކޮރޯނާ ވައިރަސް ވެކްސިންގެ ޑޯޒްތަކެއް ވަގަށް ނަގައިގެން ރަޙުމަތްތެރީންނާއި ޢާއިލާއަށް އެ ވެކްސިން ދިނުމުން ކަމަށެވެ.

މިހާރު ޙަސަން ޖުކަލްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ޢާންމު ޚިދުމަތުން ވައްކަން ކުރުމާ ދެކޮޅު ޤާނޫނުގެދަށުން ސާބިތުވެއްޖެނަމަ އެއް އަހަރަށް ޖަލަށްލުމާއެކު 4 ހާސް ޑޮލަރުން ޖޫރިމަނާވެސް ކުރާނެއެވެ.

ހެރިސް ކައުންޓީގެ ސަރަޙައްދީ ބަންޑާރަ ނައިބު ކިމް އޮގް ވިދާޅުވީ ހަސަން ޖުކަލް ވަނީ އެ ސަރަޙައްދުގެ ޢާންމު ރައްޔިތުން ޤާނޫނީ އިޖުރާޢަތްތަކުގެ ތެރޭގައި ވަނިކޮށް ނާޖާއިޒު މަގަކުން އޭނާގެ ރަޙުމަތްތެރީންނާއި ޢާއިލާ ގެނެސް އެމީހުންގެ ތެރެއަށް ވައްދައިފައި ކަމުގައެވެ. އަދި ތެރެއިން ޢާންމުން ޤާނޫނުގެ ކަންކަން ފުރިހަމަ ކުރަމުން ގެންދާއިރު މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުފޫޒު ބޭނުން ކޮށްފައި ކަމުގައެވެ.

އޭނާ ހިންގައިފައިވަނީ ޣައިރު ޤާނޫނީ ޢަމަލަކަށްވާތީ ދުސްތޫރުގައިވާ ގޮތުން އޭނާ އިންޞާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމުގައެވެ.

ޕްރޮސެކިއުޓަރުން ތުހުމަތު ކުރައްވާ ގޮތުގައި ޖުކަލް ވަނީ ހަމްބްލް އަވަށުގައި ވެކްސިންދޭ މަރުކަޒުން ރައްކައުތެރި ގޮތުގައި ބަންދުކޮށްފައިވާ 9 ޑޯޒް ވެކްސިންގެ ކަންވާރެއް އޭނާގެ އަމިއްލަ ބޭނުމަށް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނަގައިފައެވެ. އަދި މި ޖެނުއަރީ މަހުގެ ކުރީކޮޅު އޭނާ ވަޒީފާ އަދާކުރާ ޞިއްހީ އިދާރާގެ ގާތް މުއައްޒަފެއްގެ ގާތުގައި ކުޑަ ގެއްލުމެއް ވެފައިހުރި މޮޑާރނާ ވެކްސިންގެ ކަންވާރެއް ނެގި ކަމަށް ބުނެފައިވާ ކަމުގައި އެސޯސިއޭޓަޑް ޕްރެސްއިން ރިޕޯރޓު ކޮށްފައިވެއެވެ. އަދި އޭނާ އެކަން ކުރީ ޙަވާލު ކުރެވުނު ޒިންމާ ނިންމައިލި ހިސާބުން ކަމަށާ އޭގެ ފަހުން އެ މަރުކަޒުން ވެކްސިން ބޭރުކޮށް ޢާއިލާއާއި ރަޙުމަތްތެރީންނަށް ދިނީ ކަމުގައެވެ.

އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ޝަކުވާގެ ތެރޭގައި އޭނާ ވެކްސިން ދިން 9 މީހުންގެ ތެރޭގައި އޭނާގެ އަންހެނުން ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ.

ސަރަޙައްދީ ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖުކަލް އެވާހަކަ ދެއްކި މުއައްޒަފު އޭނާގެ މައްޗަށް ހުންނަ ވެރިއާއަށް ރިޕޯރޓް ކުރުމުން ސަރަޙައްދުގެ ޢާންމު ޞިއްޙަތާބެހޭ އިދާރާއިން ތަޙުޤީޤު ކުރުމަށްފަހު އޭނާވަނީ މަޤާމުން ވަކިކޮށްފައި ކަމުގައެވެ. އަދި ބުނެފައިވަނީ ސަރަޙައްދުގެ ވާޖިބުތައް އަދާކުރުމުގެ ޝަރުޠުތައް ޖުކަލް މުގުރައިލައިފައިވާ ކަމުގައެވެ. އަދި އެ ވެކްސިނަކީ ބޭކާރު އެއްޗަކަށްވިޔަ ނުދިނުމަށް ސަރަޙައްދުން އެކަށައަޅައިފައިވާ އުޞޫލުތަކާއި ޚިލާފުވެފައިވާ ކަމަށެވެ. އަދި އެ ވެކްސިނަކީ އިންތިޒާރުގައި ވެއިޓިން ލިސްޓުގައި ތިބި ނިކަމެތި އާބާދީއަށާއި ފުރަތަމަ ސަފުގައި މަސައްކަތްކުރާ މީހުނަށް ދޭން ގެނެސްފައިހުރި ވެކްސިން ކަމުގައެވެ.

އެހެން ނަމަވެސް ޖުކަލްގެ ވަކީލުން ބުނެފައިވަނީ ގެއްލުމެއް ވެފައިވާ ކަންވާރެއްގައި ހުރުމުން އެ ވެކްސިން ވެގެންދާނީ ބޭނުންނުހިފޭ ބޭކާރު އެއްޗެއްގެ ގޮތުގައި ކަމުގައެވެ. އަދި އޭނާގެ ވަކީލު ޕޯލް ޑޮއިލް ބުނެފައިވަނީ ޑޮކްޓަރ ޖުކަލްއަކީ ޚިދުމަތްތެރި ޢާންމު ޚިދުމަތްތެރިއެއް ކަމުގައެވެ. އަދި އެ ވެކްސިންގެ މުއްދަތު ހަމަވެފައި ވަނިކޮށް ނުވަތަ ބޭކާރުވެ އުކައިލަން ޖެހިދާނެ ޙާލަތަށް ނުދާނެކަން ޖުކަލް ކަށަވަރު ކުރި ކަމަށާ އެފަދަ ޙާލަތެއްގައިވިޔަސް ޝަރުޠު ހަމަވާ ބަޔަކަށް ކޮވިޑް-19 އިގެ ވެކްސިން ދެވިދާނެތީ އެކަންވެސް އޭނާ ކަށަވަރު ކުރި ކަމުގައެވެ.

އަދިވެސް އިތުރަށް އޭނާގެ ވަކީލުން ބުނެފައިވަނީ ހެރިސް ކައުންޓީން ބޭނުންވީ ޑރ. ޖުކަލްގެ އަގުވައްޓައިލާ އޭނާ ލައްވައި އެ ވެކްސިންތަކަކީ ބޭކާރުވެ އުކައިލަން ޖެހޭ އެއްޗަކަށް ހެދުން ކަމަށެވެ.

އެހެން ނަމަވެސް މިއީ ގޯހުން ހިނގި ކަމެއްތޯ ނުވަތަ ޙައްޤު ގޮތުގައިތޯ ދެކެން އެމީހުން ބޭނުންވަނީ ކޯޓުގައި ކަމަށް ޖުކަލްގެ ވަކީލު ބުނެފައިވެއެވެ.