ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފިއެވެ.
18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށެވެ.
ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި، އެމީހާއާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދުމަށް އިއުލާނުކޮށްފައިވާ މީހާއަކީ އެމްޑީ އިދްރިޝް ނަމަކަށް ކިޔާ، އުމުރުން 34 އަހަރުގެ ބަނގުލަދޭޝް މީހެކެވެ.
މި މިހާ ހޯދަން އިއުލާނުކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން ބުނެއެވެ.
މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ފުލުހުން ވަނީ މި މީހާއަށް އަންގާފައެވެ.
މިވެރިންގެ ބާރުވަނީ ވަރަށް ގަދަވެފަ. ވިޔަފާރިތައް އެދަނީ މަޑުމަޑުން ހިފަމުން. ޝައްކެއްނެތް މިދާ ގޮތަށް ދަނީ ނަމަ ދިވެހިން ދިވެހިގެ ފަސްގަނޑުގަ ބަލިކަށިވެ ފަލަސްތީނުގެ ރައްޔިތިން އެ ގައުމުގައި އެއުޅޭ ގޮތަށް ވުރެ ނިކަމެތި ވާނެ ދުވަސް އަތުވެދާނެ
މިމީހުންގެ ކަންކަން މިހާރު މިދަނީ އިންތިހާޔަށް ބޮޑުވަމުން. ކަންވާނީވެސް މިހެން. މިމީހުންގެ އާބާދީ ދުވަހުން ދުވަހަށް ބޮޑުވެ ގައުމުގައި އެވެރީންގެ ބާރުގަދަވެ ހުރިހައި ކަމަކަށް އަރައިގަންނަމުން ދާނެ ކަމީ ޝައްކެއް އޮތްކަމެއްނޫން. ދެރައީ ހަގީގީ ފިޔަވަޅު ހަގީގީ ހައްލު ހޯދުމަށް ހެޔޮނިޔަތުގައި މަސައްކަތް ނުކުރެވޭތީ.