- އެކްޓިވް ކޭސްގެ އަދަދު 1،160 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 87 މީހުން
- ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 15،000 އިން މައްޗަށް
ރާއްޖެއިން އިތުރު 109 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،742 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 109 ސާމްޕަލްއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 78 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 11 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 20 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވްވި 109 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 15،102 އަށް އަރާފައެވެ.
އިއްޔެ ރާއްޖެއިން 108 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިފަހުން ޖެހިޖެހިގެން 100 އިން މައްޗަށް އެރި ދެވަނަ ދުވަހެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 35 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،884 އަށް އަރާފައެވެ.
މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،160 މީހުންނެވެ. މީގެތެރެއިން 87 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ވެއަތުވެ ދިޔަ ރޯދަމަހުންފެށިގެން އަދިވެސް މިތިބީ ގައުމުން ރަށުން ބޭރު ނުވެވި ބިރިވެރި ކަމެއްގެ ތެރޭގަ، އެހެން ތިއްބާ އަނެއްކާ ދެވަނަ ރޯދަމަހަށް މިއޮށް ދޮންވަނީ. އަނެއްކާ ބިރުވެރި ކަމުގެ ރަނގަބީލް އަޑުއިވޭކަހަލަ މި އަދަދު ތަކަށް ވިސްނާއިރުގަ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މިދަނީ އަނެއްކާ ނުރައްކާތެރި ބިރުވެރި ކަމެއްގެ ތެރެއަށްބާ ހުރިހާއެއްމެން މިކަމާ ވިސްނާ ފިކުރު ކުރަން ޖެހޭ.