ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި މާރާމާރީ ހިންގި އިންޑިއާ މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށްބުނެ އެމީހާ މިސްކިތުން ނެރެ މާރާމާރި ހިންގަފައިވާތީއެވެ.

މައުލޫމާތު ލިބޭގޮތުގައި އިންޑިއާމީހާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށްގެންދިޔުމަށް މީގެކުރިންވެސް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.