ކާމިޔާބު ފިލްމު ސީރީސް "ކޮމާންޑޯ" ގެ ބަތަލުގެ ކުރިއަށް އޮތް ފިލްމު "ސަނަކް" އަކީ ވޮޝިންގްޓަން ފިލްމް "ޖޯން ކިއު" ގެ ރިމޭކްއެއްކަމަށް ބޮލީވުޑުގެ ޚަބަރުތައް ބުނެފިއެވެ.
ވިޕުލް ޝާހްގެ އުފެއްދުމެއްކަށްވާ މިފިލްމުގެ ޓީޒާ ޕޯސްޓަރވަނީ އިންޑިއާގެ މިއަހަރުގެ ޖުމްހޫރީ ދުވަހާ ދިމާކޮށް އާއްމުންނާ ހިއްސާކޮށްފައެވެ.
ފިލްމުގެ ޓީޒާއިން ފުރަތަމަވެސް ފެނިގެންދަނީ ހޮސްޕިޓަލެއްގެ އައިސޮލޭޝަން ވޯޑުގައި ހިނގާ އެކްޝަން ސީންއެއްގެ މަންޒަރެވެ.
މިފިލްމުގެ ޝޫޓީންގް މުމްބާއީގައި ފެށިގެން ކުރިއަށްދާއިރު ފިލްމު އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.
ފިލްމު "ސަނަކް" ގެ އަސްލު ފިލްމު "ޖޯން ކިއު" އަކީ އެފިލްމުގެ ބަތަލު އޭނާގެ ދަރިފުޅަށް ދިމާވާ ސިއްހީ މައްސަލައަކާހެދި ދަރިފުޅުގެ ފުރާނަ ސަލަމަތްކުރަން މަސައްކަތް ކުރުމަށްޓަކައި އެތައްބަޔަކާ ކުރާ ހަނގުރާމައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ވިދުޔަތާއެކު މިފިލްމުން ދެން ފެނިގެންދާނީ ބަތަލު ޗަންދަން ރޯއި އާއި ބަތަލާ ނެހާ ދޫޕިއާގެ އިތުރުން ބެންގާލީ އެކްޓްރެސް ރުކުމިނީ މައިތްރާއެވެ.
ޒީ ސްޓޫޑިއޯއާއި ސަންޝައިން ޕިކްޗަރސްއިން ގެނެސްދޭ މިފިލްމުގެ ޑައިރެކްޓަރަކީ ފިލްމު "ރިސްކު"، 3ޖީ-އަކިލަ ކަނެކްޝަން އަދި ފޫޓް ފެއަރީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކަނިޝްކް ވަރްމާއެވެ.
ކާމިޔާބު ފިލްމު "ކޮމާންޑޯ" ސީރީސްގެ ބަތަލު އެންމެފަހުން އާއްމުންނަށް ފެނިގެންގޮސްފައިވަނީ މިދިޔއަހަރު ނެރުނު ފިލްމު "ޚުދާ ހާފިޒް، އަދި ޔާރާ" އިންނެވެ.