ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކުވެސް ގުރުއަތް ނަގާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭގެ އެތެރޭގައި ކުރާ ކޮންމެ މުއާމަލާތެއްވެސް މި ޕްރޮމޯޝަނަށް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބެނެ ކަމަށެވެ.
މިގޮތަށް 9 ހަފްތާގައި ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ގުރުއަތުން ހޮވޭ މީހުންގެ މައުލޫމާތު ބީއެމްއެލްގެ ފޭސްބުކް އަދި ޓްވިޓަރ ޕޭޖުގައި އިއުލާނުކުރާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ އިނާމާ 48 ގަޑިއިރުތެރޭގައި ހަވާލުވާންޖެހޭނެ ކަމަށްވެސް ބިއެމްއެލްއިން ބުނެއެވެ.
މި ޕްރޮމޯޝަން އަންނަ މާޗު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.